ޚަބަރު •

ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާއެކު، ނައިބު ރައީސް ޙުސެއިން ހިމެނޭ ދިވެހި ވަފުދު މާލަން ދޫކުރައްވައި ނިކުންނަވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާއެކު، ނައިބު ރައީސް ޙުސެއިން ހިމެނޭ ދިވެހި ވަފުދު މާލަން ދޫކުރައްވައި ނިކުންނަވައިފި

ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާއެކު، ނައިބު ރައީސް ޙުސެއިން ހިމެނިވަޑައިގަންނަވާ ދިވެހި ވަފުދު މާލަމުން ނިކުންނަވަނީ

އދ.ގެ އާންމު މަޖިލީހުގެ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާ އެކު، ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ހިމެނިވަޑައިގަންނަވާ ދިވެހި ވަފުދުން އެ މާލަން ދޫކުރައްވައި ނިކުންނަވައިފި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބި ހާމަ ކުރުމަށާއި، ބައިނަލްއަޤުވާމީ ޤާނޫނާއި، އިންސާފު އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި ރާއްޖެ އިން ކުރަމުން އަންނަ ވަކާލާތުގެ ތެރެއިން، ނަތަންޔާހޫގެ ވާހަކަ ފެށުމާއެކު ދިވެހި ވަފުދުން އދ.ގެ މާލަން ދޫކުރައްވައި ނިކުމެފައިވާ ކަމަށެވެ.

ދިވެހި ވަފުދުގައި އިސްކޮށް ހުންނެވީ ނައިބު ރައީސް ޙުސެއިން އެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވެސް ދިވެހި ވަފުދުގައި ހިމެނިވަޑައިގަންނަވަ އެވެ. ނަތަންޔާހޫގެ ވާހަކަ ފެށުމާ އެކު، ރާއްޖެ ހިމެނޭހެން ގިނަ ޤައުމު ތަކެއްގެ މަންދޫބުން ވަނީ މާލަން ދޫކުރައްވައި ނިކުންނަވައިފަ އެވެ.

ރާއްޖެ އިން އަބަދުވެސް އަންނަނީ ފަލަސްޠީނުގެ ޙައްގުގައި ވަކާލާތު ކުރަމުންނެވެ. އަދި އިސްރާއީލް އިން ހިންގާ ލާއިންސާނީ ޖަރީމާތައް ރާއްޖެ އިން އަބަދުވެސް ކުށްވެރިކުރެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް