ޕީއެންސީގެ މެންބަރުން 70 ހާހުން މައްޗަށް، ކޮންގްރެސްއަށް މެންބަރުން އިތުރުކުރަނީ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ޕީއެންސީގެ ހިނގާލުމުއްގެ ތެރެއިން---
ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަދި ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ އަދަދު 70 ހާހުން މައްޗަށް އަރައިފިއެވެ.
އެ ޕާޓީގެ ނައިބުރައީސް އަދި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) "ވީކަން"އާ ވާފަކަދައްކަމުން ވިދާޅުވީ އެ ޕާޓީގައި މިދިޔަ ޖޫންމަހުގެ ނިޔަލަށް 67،579 މެންބަރުން ތިބިކަމަށެވެ.
މިވަގުތު އެ ޕާޓީގެ މެންބަރުންގެ އަދަދު 70 ހާހަށްވުރެ އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ. މުންދު ވިދާޅުވީ ކުރިއަށް އޮތްތާންގައި އެ އަދަދު އިތުރުވާނެކަމަށެވެ.
މުންދު ވިދާޅުވީ އެ ޕާޓީން މިވަގުތު އެ ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީއަށް މީހުން އިތުރުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާކަމަށާއި އެ ހަރަކާތަށް ވަރަށް ބޮޑޫ ތަރުހީބެއް ލިބެމުންއަންނަ ކަމަށެވެ.
ޕީއެންސީގެ ކޮންގްރެސް އޮތީ އަންނަ މަހުގެ 15 އިން 18 އަށެވެ. އެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑާޝިޕަށް ބޭފުޅުން އިންތިޚާބު ކުރުން އޮންނާނެއެވެ.
މިހާރު ވެސް އިލެކްޝަންސް ކޮމިޝަންގެ ދަފުތަރު ދައްކާގޮތުން ރާއްޖޭގައި އެންމެ މީހުން ގިނަ ޕާޓީއަކީ ޕީއެންސީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް