Article Top
ކުޅިވަރު •

ކޮމަންވެލްތު ކިއު ގޭމްސްގައި ދިވެހި ކުޅުންތެރިން: ޝާޒް ފުރަތަމަ މެޗުގައި ޗެމްޕިއަން ބަލިކޮށްފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ކޮމަންވެލްތު ކިއު ގޭމްސްގައި ދިވެހި ކުޅުންތެރިން: ޝާޒް ފުރަތަމަ މެޗުގައި ޗެމްޕިއަން ބަލިކޮށްފި

ދީނާ، ޝާޒް، އަޒްރާ -- ފޮޓޯ/ ބިލިއާޑް އެސޯސިއޭޝަން

އިންޑިއާގެ އަހުމަދުއާބާދުގައި ކުރިއަށްދާ ދެވަނަ ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްސް 2026 ގައި ދިވެހި ކުޅުންތެރިން ވާދަ ކުރަމުން އެބަ ދެއެވެ.

މި މުބާރާތުގައި ވާދަކުރަނީ، ހަސަން ޝާޒް މުހައްމަދު (އާދު) ގެ އިތުރުން އާމިނަތު އަޒްރާ އާއި ދީނާ އަހުމަދެވެ.

Advertisement
Article Inside

މި ކުޅުންތެރިންގެ ތެރެއިން އެންމެ ފަހުން އޮތް 10 ބޯލް ޗެމްޕިއަންޝިޕްސްގައި އާދު އާއި ދީނާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި އަޒްރާ ވަނީ ސެމީ ފައިނަލް މެޗުގައި ކުޅެފަ އެވެ. މިދިޔަ އަހަރުގެ 10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ އަޒްރާ އެވެ.

ތިން ކުޅުންތެރިންނަކީ ވެސް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އާންމުކުރާ ގައުމީ ރޭންކިންގެ ގަދަ 3 ގައި ހިމެނޭ ތިން ކުޅުންތެރިންނެވެ.

މިއީ މި ގޭމްސްގައި ދިވެހި ކުޅުންތެރިން ވާދަކުރާ ފުރަތަމަ ފަހަރެވެ. އިއްޔެ ފެށި މުބާރާތުގައި، 10 ބޯލް އަންހެނުންގެ ޗެމްޕިއަންޝިޕްގެ ވިނާޒް ބްރެކެތްގައި އަޒްރާ އާއި ދީނާ ވާދަ ކުރި އެވެ.

އެގޮތުން އަޒްރާ ފުރަތަމަ މެޗުގައި ވަނީ ދެކުނު އެފްރިކާގެ އެޒެއްޓޭ ކޮއޭން އާ ވާދަކޮށް 7-3 ފްރޭމުން ބަލި ވެފަ އެވެ. ދނާގެ ފުރަތަމަ މެޗުގައި ނިއުޒިލެންޑްގެ އެލެކްސެންޑްރިއާ އެންޑްރެސްއާ ވާދަކޮށް 7-2 ފްރޭމުން މޮޅުވި އިރު، ކުއާޓާ ފައިނަލްގައި ވަނީ އޮސްޓްރޭލިއާގެ މެންގް-ސިއާ ހުންގް އަތުން ސީދާ ހަތް ފްރޭމުން ބަލިވެފަ އެވެ.

ޝާޒް ވެސް ފެށީ 10 ބޯލް ޗެމްޕިއަންޝިޕްގެ ވިނާޒް ބްރެކެޓުންނެވެ. ފުރަތަމަ މެޗުގައި އޭނާ ވާދަ ކުރަން ޖެހުނީ މުބާރާތުގެ ފުރަތަމަ އަހަރު، މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ދެކުނު އެފްރިކާގެ ކްރެއިގް ބައުވާއާ އެވެ. ޝާޒް ވަނީ މި މެޗު 9-6 ފްރޭމުން ކާމިޔާބުކޮށް ކުއާޓާއިން ޖާގަ ހޯދައިފަ އެވެ.

ކުއާޓާގައި މިއަދު އޭނާ ބައްދަލުކުރާނީ ނިއުޒިލެންޑްގެ ޝެރިޑަން ބާމެސްޓާއާ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް