Article Top
ޚަބަރު •

ދުވަހުގެ ގިނަ ވަގުތު ރައީސް ހޭދަކުރައްވަނީ މަޝްރޫއު ތަކުގެ އަދާހަމަ ބެއްލެވުމުގައި: މިނިސްޓަރު ސައީދު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ދުވަހުގެ ގިނަ ވަގުތު ރައީސް ހޭދަކުރައްވަނީ މަޝްރޫއު ތަކުގެ އަދާހަމަ ބެއްލެވުމުގައި: މިނިސްޓަރު ސައީދު

ރައީސް މުޢިއްޒު އާއި މިނިސްޓަރު ސައީދު

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގިނަ ވަގުތު ހޭދަކުރައްވަނީ މަޝްރޫއުތަކުގެ އަދާހަމަ ބެއްލެވުމުގައި ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ރައީސް މުޢިއްޒު ވަނީ ސަރުކާރުގެ މިނިސްޓަރުންނާއި، ކުންފުނިތަކުގެ އިސްވެރިންނާއެކު ކެބިނެޓުގެ މަސައްކަތު ބައްދަލުވުމެއް ރައީސް އޮފީހުގައި ބާއްވަވާފައި އެވެ. އެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ މަޝްރޫއުތަކުގެ އަދާހަމަ ބައްލަވައި، މަޝްރޫއުތަކުގެ ދުވެލި އަވަސް ކުރުމަށް އަންގަވައިފަ އެވެ.

Advertisement
Article Inside

އެ ބައްދަލުވުމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރައްޔިތުންނަށް ވެފައިވާ ހުރިހާ ވައުދެއް އެއް ފޮތެއްގައި ޝާއިއު ކުރައްވަން ކެރިވަޑައިގެންނެވި ފުރަތަމަ ރައީސް އަކީ، ރައީސް މުޢިއްޒު ކަމަށެވެ. އަދި އެކަން ކުރެއްވީ ވެސް ނުހަނު ހާމަކަމާއި، ތެދުވެރިކަމާ އެކު އެ ވައުދުތައް ފުއްދެވުމުގެ ހެޔޮ ނިޔަތުގައި ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، އަންގާރަ ދުވަހުގެ ގިނަ ވަގުތު ރައީސް މުޢިއްޒު ހޭދަކުރެއްވީ މަޝްރޫއުތަކުގެ އަދާހަމަ ބެއްލެވުމުގައި ކަމަށެވެ. ރައީސް އަމިއްލަފުޅަށް އެކަން ކުރައްވާ ކަމަށާއި، ކަންކަން ނިމެމުންދާވަރު ވެސް ވަޒަންކުރެއްވި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ހަމައެހެންމެ، ދައްޗެއް އޮތް ނަމަ އެކަމަށް ޙައްލު ހޯދުމަށް ވެސް ރައީސް މުޢިއްޒު ސީދާ އެންގެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންމެ ވައުދަކާ ގުޅޭ މަސައްކަތްތަކުގައި ވެސް ޝާމިލުވާ ހުރިހާ ޒިންމާދާރު ފަރާތްތަކާއެކު އެއް ހާޒިރެއްގައި، ރައްޔިތުންނަށް ކޮށްދެއްވަން ހުރި ކަންކަމަށް އެންމެ އިސްކަން ދެއްވައިގެން ވަގުތު ޚާއްސަކުރައްވާ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އެކަން ކުރައްވަނީ ޤައުމަށް ޚިދުމަތް ކުރެއްވުމަށް ރައީސްގެ ހިތްޕުޅުގައި އޮތް ޝައުޤާއި، ސަމާލުކަން ބޮޑުކަމުގެ ސަބަބުން ކަމަށް ފާހަގަ ކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ، އެއީ ވެރިކަން ކުރާ ޕާޓީ އަށް ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް