62 އިންސައްތަ ހިއްކައި، ރާއްޖޭގެ އެންމެ ބޮޑު ރަށަކަށް ރަސްމާލެ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ރަސްމާލެ --
ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ 62 އިންސައްތަ މަސައްކަތް ނިންމައި ރާއްޖޭގެ އެންމެ ބޮޑު ރަށަކަށް ރަސްމާލެ ވެއްޖެއެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ޖުމުލަ 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިހާރު ވަނީ ރަސްމާލޭގެ 716 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފައެވެ. އެއާއެކު ރަސްމާލެ ވެފައިވަނީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށެވެ.
މީގެ ކުރިން ރާއްޖޭގެ އެންމެ ބިންބޮޑު ރަށަކީ ލ. ގަމެވެ. އެ ރަށުގެ ޖުމުލަ ބޮޑު މިނަކީ 609 ހެކްޓަރެވެ. އެހެންކަމުން ގަމަށްވުރެ ރަސްމާލެ 107 ހެކްޓަރު ބޮޑެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. ރަސްމާލެ ހިއްކައި ނިންމައި އެ ރަށުން 65،000 މީހުންނަށް ގެދޮރު ޔަގީންވާނެއެވެ.
ރަސްމާލެ ތަރައްގީކުރަން ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިފުތިތާހުކޮށްދެއްވީ ޑިސެންބަރު 18، 2023ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް