ޚަބަރު

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއިން ފުރާވަޑައިގަންނަވަނީ ---

މެލޭޝިއާގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، ފުރާވަޑައިގަންނަވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށްބޮޑުވަޒީރު އަންވަރު އްޖެ ވަޑައިގެންނެވުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ‏ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި އެއަށްފަހު، އެމަނިކުފާނަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރުހަބާ ދަންނަވާފައިވެ އެވެ.

މި ދަތުރުފުޅުގައި، ދެ ގައުމުގެ ވެރިން ވަނީ ރަސްމީ މަޝްވަރާތައް ބާއްވަވާފަ އެވެ. ރައީސް އޮފީހުގައި ބޭއްވެވި މި މަޝްވަރާތަކުގައި ވިޔަފާރިއާއި، ދިފާއީ ދާއިރާއާއި، ސިއްހީ ދާއިރާއާއި، ފަތުރުވެރިކަމާއި، އިސްލާމްދީނާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކުގައި ދެ ގައުމުން ގެންގުޅޭ އެއްގޮތް ވިސްނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މި ދަތުރުފުޅުގެ ތެރޭގައި، ދިފާއީ އަދި އިސްލާމް ދީނާ ގުޅުންހުރި ކަންކަމާ ގުޅޭ ފަހުމުނާމާ ތަކެއްގައި ސޮއިކުރެއްވުމުގެ އިތުރުން، މެލޭޝިއާއާއި ރާއްޖެއާ ދެމެދު ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓަކާ ގުޅޭގޮތުން މަޝްވަރާތައް ފައްޓަވާނެ ކަމުގައި އިއުލާނުކުރެއްވި އެވެ.

މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗާ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ކޮންސިއުލާ އަދި ވިސާގެ އިންތިޒާމުތައް ލުއިފަސޭހަކުރުމަށް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް