ކުޅިވަރު

އޭޝިއަން ގޭމްސް 2026: އީޝަލް، 10 މީޓަރު އެއާ ޕިސްޓަލް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އޭޝިއަން ގޭމްސް 2026: އީޝަލް، 10 މީޓަރު އެއާ ޕިސްޓަލް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލައިފި

އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ދިވެހިރާއްޖޭގެ އަންހެން ޝޫޓިން ޓީމުގެ މަރިޔަމް އީޝަލް މިސްބާހް ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

އީޝަލް އާކޮށްފައި ވަނީ އޭޝިއަން ގޭމްސްގައި އިއްޔެ އޮތް އަންހެނުންގެ 10 މީޓަރު އެއަރ ޕިސްޓަލް އިވެންޓުގަ އެވެ. މި އިވެންޓުން އޭނާ ގައުމީ ރެކޯޑް މުގުރާލީ 558 ޕޮއިންޓް ހޯދައިގެންނެވެ.

މީގެ ކުރިން މި ރެކޯޑު އޮންނަނީ ރިއުޝާ މުހައްމަދު އަތުގަ އެވެ. އޭނާ މި ރެކޯޑް ހެދީ، ނޭޕާލްގައި 2019 ވަނަ އަހަރު އޮތް 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 546 ޕޮއިންޓް ހޯދައިގެންނެވެ.

ނަގޯޔާގެ ޖެނެރަލް ޝޫޓިންގ ގެލެރީގައި މިއަދު އޮތް އަންހެނުންގެ 10 މީޓަރު އެއާ ޕިސްޓަލްއިވެންޓްގައި އީޝަލްގެ އިތުރުން މަލަކް މުޙައްމަދު މުސްލިހާއި ފާތިމަތު ފައިހާ ފަޒީލް ވާދަކުރި އެވެ. މަލަކް 516 ޕޮއިންޓް ހޯދާފައި ވާއިރު ފައިހާ ވަނީ 510 ޕޮއިންޓް ހޯދާފައެވެ. މި އިވެންޓްގައި ޖުމްލަ 55 ޝޫޓަރުން ވާދަކުރިއެވެ.

އީޝަލް އަކީ މިދިޔަ އަހަރު ތައިލެންޑުގެ ބެންކޮކްގައި ބޭއްވި އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025 ގައި ވާދަކޮށް ދިވެހިރާއްޖެއިން ޝޫޓުންގައި ތާރީހީ ބައިނަލްއަގުވާމީ ރިހި މެޑެއްޔެއް ހޯދައިފައިވާ އެތުލީޓެކެވެ.

ދިވެހި ޝޫޓިން ޓީމުން މިއަދު ވަނީ ފިރިހެނުންގެ 10 މީޓަރު އެއާ ޕިސްޓަލް އިވެންޓްގައި ވާދަ ކޮށްފަ އެވެ. މުހައްމަދު ޝުބާތު ހާމިދު ސިއްދީގު 539 ޕޮއިންޓް ހޯދި އިރު ތޯހާ މާދު މުހައްމަދު ވަނީ 554 ޕޮއިންޓް ހޯދައިފަ އެވެ. އަދި ޒިޔާން ޒިޔާއު ވަނީ 559 ޕޮއިންޓް ހޯދައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް