ޚަބަރު

ކުރީގެ މެޖިސްޓްރޭޓް ޝަފީގު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ކުރީގެ މެޖިސްޓްރޭޓް ޝަފީގު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ޝްފީގް --

ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވި ‏މެޖިސްޓްރޭޓް ރިޓަޔާޑް އަލްއުސްތާޒު އަލީ ޝަފީގް އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ޝަރުއީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވާ، މެޖިސްޓްރޭޓް ރިޓަޔާޑް އަލްއުސްތާޒު އަލީ ޝަފީގް އަވަހާރަވުމުގެ ހިތާމައިގައި، އެ އާއިލާއަށާއި ޝަރުއީ އަދި ގާނޫނީ ދާއިރާގައި ހިދުމަތްކުރައްވާ ހުރިހާ ފަރާތްތަކަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.

ޝަރުއީ ދާއިރާގައި ހިދުމަތްކުރެއްވުމުގެ އިތުރުން އަލީ ޝަފީގަކީ، ދ. މީދޫގައި އަދި ހުޅުމާލޭގައި ކީރިތި ގުރުއާން އުނގަންނައި ދެއްވުމުގެ މަސައްކަތް، ދިގު މުއްދަތެއްގައި ކުރެއްވި، ދީނަށް ލޯބިކުރައްވާ، ހުލްގު ހެޔޮ، މުޖުތަމައުގެ އިހުތިރާމް ލިބިވަޑައިގެން ހުންނެވި ގާރީއެއް އަދި އެދުރެއްކަން ރައީސްގެ ޕޯސްޓުގައި ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް