ކުޅިވަރު

އަމާޒަކީ ގާއުމީ ޓީމީ އެތުލީޓުންނަކީ ދުންފަތާ ދުރުބަޔަކަށް ހެދުން: ރައީސް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އަމާޒަކީ ގާއުމީ ޓީމީ އެތުލީޓުންނަކީ ދުންފަތާ ދުރުބަޔަކަށް ހެދުން: ރައީސް

ނޭޝަން ޗެޓް ޕްރޮގްރާމްގައި ރައީސް ވާހަކަދައްކަވަނީީ ---

ސަރުކާރުގެ އަމާޒަކީ ގައުމީ ޓީމުތަކަށް ކުޅޭ އެތުލީޓުންނަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުބަޔަކަށް ހެދުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން އެއްކޮށް ދުރުވެފައިތިބި އެތުލީޓުންތަކެއް ހުރިހާ ގައުމީ ޓީމެއްގައި ތިބުމަށް ބޭނުންވާކަމަށެވެ.

އެ އަމާޒަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް އެބަހުރިކަމަށާއި، އެހެންކަމުން ސްޕޯޓްސް މިނިސްޓްރީއާއި، ކުލަބުތަކާއި ޖަމުއްޔާ ޖަމާއަތްތަކާ ގުޅިގެން އެކަމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމާ އެތުލީޓުން ދުރުކުރެވިއްޖެނަމަ އެ އެތުލީޓުންގެ ސިއްހަތު ވެސް އަދި އެ އެތުލީޓުން ދައްކާ ކުޅުން ވެސް ރަނގަޅުކުރެވޭނެކަމަށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރު ބަޔަކަށް އެތުލީޓުން ހެދުމަށް އަމާޒުހިފައި އެކަމަށް މަސައްކަތްކުރުން ނިންމައިފައިވަނީ މިދިޔަ ހަފުތާގައި ބޭއްވި ކެބިނެޓު ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ވަނީ ދުންފަތާއި ނިކޮޓިންގެ ނުރައްކަލަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިންގައި ޖަމިއްޔާތަކާއި ކުޅިވަރުގެ ދާއިރާގެ ފަރާތްތައް ބައިވެރިކޮށް، އެ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ނިންމައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް