އައުޤާފް ކުންފުނީގެ މަޤުސަދަކީ މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުން: މިނިސްޓަރު ޝަހީމް
އަލީ އީމާން
ލިޔުންތެރިޔާ
އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އުފެއްދެވި އައުޤާފް ކުންފުނީގެ މަޤުސަދަކީ ކައުންސިލްތަކުގެ އަތުން މިސްކިތްތައް އަތުލުން ނޫން ކަމަށާއި، އެ ކުންފުނީގެ މަޤުސަދަކީ މިސްކިތްތައް މަރާމާތު ކުރަން ބޭނުންވާ ފައިސާ ހަމަޖެއްސުން ކަމަށް އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ، އައުޤާފް ކުންފުނި އުފެއްދުމާ އެކު މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ދެއްކެވި ވާހަކަ އަކަށް ރައްދު ދެއްވަމުންނެވެ. އާޒިމް ވިދާޅުވެފައި ވަނީ، މިސްކިތްތައް ކައުންސިލްތަކުގެ ބެލުމުގެ ދަށުން ނަގާފައި ވަނީ، ރައްޔިތުންނަށް ޖެއްސުން ކުރުމަށް ކަމަށެވެ.
މިހާރުވެސް ސިޓީ ކަައުންސިލަ އަށް އަހަރަކު އެއް މިލިއަން ރުފިޔާ ދެމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ، މިވަގުތު ވެސް ކައުންސިލްގެ ފަރާތުން މިސްކިތް މަރާމާތުކުރުމަށް ދެމުން އަންނަ ފައިސާ އިތުރު ކުރުމަށް އެދިފައިވާ ކަމަށެވެ.
މިނިސްޓަަރު ޝަހީމް ވިދާޅުވީ، އައުޤާފް ކުންފުނީގެ މަޤުސަދަކީ މިސްކިތްތައް ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ވަސީލަތެއް ތަރައްޤީ ކޮށްދިނުން ކަމަށެވެ. އަދި މިއީ ދުނިޔޭގެ މުސްލިމް ގިނަ ޤައުމުތަކުގައި ކަންތައް ކުރަމުން އަންނަ ގޮތް ކަަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ހަމައެެއާއެކު ކައުންސިލުތަކަށް މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހުރިހާ ޚަރަދެއް ނުކުރެވޭނެ ކަމަށް މިނިސްޓަރު ޝަހީމް ފާހަގަ ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް