Article Top
ޚަބަރު •

އަލައްބާރު ރާއްޖޭގައި، ދެއްވީ ރާއްޖޭގެ ގާނޫނާއި ގަވައިދަށް އިހުތިރާމް ކުރައްވާނެކަމުގެ ޔަގީންކަން

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އަލައްބާރު ރާއްޖޭގައި، ދެއްވީ ރާއްޖޭގެ ގާނޫނާއި ގަވައިދަށް އިހުތިރާމް ކުރައްވާނެކަމުގެ ޔަގީންކަން

އަލައްބާރު ރާއްޖޭގައި ---

ރާއްޖޭގެ އިގްތިސާދަށް އިންގިލަބީ ބޮޑު ބަދަލެއް ގެނުވާނެ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" ޕްރޮޖެކްޓް ހިންގާ އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

"މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" ޕްރޮޖެކްޓަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ރަސްމާލޭގައި މަގުތަކާއި، ސްކޫލްތަކާއި، ޕާކުތަކުގެ އިތުރުން ހޮޓާތަކާއި ވިޔަފާރިކުރާނެ ތަންތަން ބިނާކުރުމަށް އެކުވެރި އަރަބި އިމާރާތުގެ ތަޖުރިބާކާރު ކުންފުންޏެއްކަމަށްވާ އީގަލް ހިލްސްއާއެކު ވަނީ ސޮއިކޮށްފައިވާ މަޝްރޫއެކެވެ.

Advertisement
Article Inside

އެ މަޝްރުއޫގެ ފުރަތަމަ އެއްބަސްވުމުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ސޮއިކޮށްފައިވަނީ ދުބާއީގައެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މިއަދު އަލައްބާރު ރާއްޖެ ވަޑައިގެން ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ވަނީ އެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރާ އިދިކޮޅު ބައެއް ފަރާތްތަކުން ދައްކާ ބައެއް ވާހަކަތަކަށް އޭނާ ވަނީ ޖަވާބުދެއްވައިފައެވެ.

އޭނާ ވިދާޅުވީ އީގަލް ހިލްސްއިން ރާއްޖޭގައި އެ މަޝްރޫއު ކުރިއަށްގެންދާއިރު ރާއްޖޭގައި ހިދިފައިވާ ހުރިހާ ގާނޫނަކާއި ގަވައިދަކަށް ފުރުހަމައަށް ބޯލަނބާނެކަމުގެ ޔަގީންކަން ދޭކަމަށެވެ. ރާއްޖޭގައި 99 އަހަރަށް ބިން ލީސް ކުރެވޭ ގަވައިދެއް އޮތްނަމަ އެކަމަށް ވެސް ބޯލަނބާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިން އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންނުވާނަމަ އެ މަޝްރޫއު ކުރިއަށް ނުގެންދާނެކަމަށް ވެސް އަލައްބާރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ނުރުހުމުގައި ބޭރު ކުންފުންޏަކަށް އައިސް އެ ބައެއްގެ ގައުމުގައި ވިޔަފާރި ކުރުމަކީ އުނދަގޫކަމަކަށް ވާނެކަމަށެވެ.

ރަސްމާލޭގައި އެ ކުންފުނިން ކުރިއަށް ގެންދާ 20 ބިލިއަން ޑޮލަރުގެ މަޝްރޫރު ކުރިއަށް ގެންދިއުމަށް ވެފައިވާ ހުރިހާ އެއްބަސްވުމެއް އާންމުކުރަން ޖެހޭނަކަމަށް ވެސް އަލައްބާރު ވިދާޅުވިއެވެ. އަދި އެ އެއްބަސްވުންތައް އާންމުނުކުރެވީ ޑީޓެއިލްޑް އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާތީކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް