ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ފުލުހުން ވަދެއްޖެ!
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ނޭޕާލް އެސޯސިއޭޝަންގެ ރައީސް ޕަންކަޖް ބިކްރަމް ނެމްބަންގް (ކ) އަދި ޖެނެރަލް ސެކްރެޓަރީ ކިރަން ރާއި ( ވ
ނޭޕާލް ފުލުހުންގެ ސެންޓްރަލް އިންވެސްޓިގޭޝަން ބިއުރޯ (ސީއައިބީ) އިން، މިއަދު އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން (އަންފާ) ގެ މައި އިދާރާއަށް ވަދެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ސީއައިބީގެ އެސްއެސްޕީ އަދި ތަރުޖަމާނު އަނޫޕަމް ޝަމްޝޭރު ޖޭބީއާރް މިއަދު ކަށަވަރުކޮށްދެއްވި ގޮތުގައި، ލަލިތުޕޫރުގެ ސަތުދޮބާޓޯގައި ހުންނަ އަންފާގެ މައި އޮފީހަށް ފުލުހުން ވަދެފައިވަނީ ހިންގާފައިވާ ބޮޑެތި ޖަރީމާތަކަކާ ގުޅިގެން ހިންގަމުންދާ ތަހުގީގަކަށް ބޭނުންވާ މުހިންމު ހެކިތަކެއް ހޯދުމަށެވެ.
ފުލުހުން ވަނީ ތަހުގީގަށް ބޭނުންވާ މުހިންމު ލިޔެކިޔުންތައް އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް މިއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ހިންގާ ތަހުގީގެއްކަމުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މި ހާދިސާ ހިނގާފައި މިވަނީ، ތިންވަނަ ފަރާތެއްގެ ނުފޫޒު (ތާޑް ޕާޓީ އިންޓަފިއަރެންސް) ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ވަދެފައިވާތީ، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނޭޕާލް ފުޓްބޯޅައިން ސަސްޕެންޑް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
އަންފާ އާއި އެގައުމުގެ ނޭޝަނަލް ސްޕޯޓްސް ކައުންސިލާ ދެމެދު އުފެދުނު ކޯޅުންތަކާ ގުޅިގެން ފީފާ އިން ދީފައިވާ މި ސަސްޕެންޝަނުގެ ސަބަބުން، ނޭޕާލްގެ ގައުމީ ޓީމުތަކަށާއި ކްލަބްތަކަށް ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ވާދައެއް ނުކުރެވެ އެވެ. ނޮވެމްބަރު މަހު އޮންނަ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް އެ ގައުމަށް ވާދަ ކުރެވޭނެކަން އަދި ޔަގީނެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް