އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަޒީ އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު: ފޮޓޯ/ ސަން
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އަބްދުލްއަޒީޒް ޖަމާލްއާ އިންޓަވިއުކުރުމަށްފަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން ވަނީ އޭނާއަށް 75 ޕަސެންޓަށްވުރެ މަތިން މާކްސް ދީފައެވެ. އެއާއެކު އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ ތާއީދާއެކުއެވެ.
އިންފޮމޭޝަން ކޮމިޝަނަރުކަމަށް އަޒީގެ ނަން މަޖިލީހަށް ފޮނުއްވީ މިހާރު އެމަގާމުގައި ހުންނެވި އަހުމަދު އާހިދު ރަޝީދުގެ ދައުރު އަންނަ މަހުގެ ކުރީކޮޅު ހަމަވާތީއެވެ.
މީގެ ކުރިން ވެސް އަޒީ ވަނީ އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމު އަދާކުރައްވާފަ އެވެ. މީގެ އިތުރުން މާވަށު ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް އޭނާ ކުރައްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް