ޑައިވިންނަށް ފޭބި ފަތުރުވެރިއަކު ނިޔާވެފައި އޮށްވާ ފެނިއްޖެ
އަލީ އީމާން
ލިޔުންތެރިޔާ
ފުވައްމުލަކު ސިޓީ
ފުވައްމުލަކުގައި ޑައިވިންނަށް ފޭބި ފަތުރުވެރިއަކު ނިޔާވެފައި އޮށްވާ ފެނިިއްޖެ އެވެ.
ފުލުހުން އާންމުކޮށްފައިވާ ގޮތުގައި ޑައިވިންނަށް ފައިބާފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެއް ކަަމަށެވެ. އަދި އެ ފަތުރުވެރިޔާ ޑައިވިންނަށް ފޭބި ފަހުން ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް އޭނާއަށް ފަރުވާ ދިނުމަށް ފުވައްމަުލަކު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓު ސެޕްޓެންބަރު 17 ވަނަ ދުވަހުގެ ހެނދުނު 9:18 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
ނަމަވެސް ފަތުރުވެރިޔާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް