Article Top
ޚަބަރު •

ޕީއެންސީ އިން ރައީސް ނަޝީދަށް މަރުޙަބާ ކީއިރު، އެމްޑީޕީގެ ކޮންގްރެސް އިން ފެނުނީ ހިތާމަވެރި މަންޒަރެއް: މަޚްލޫފް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޕީއެންސީ އިން ރައީސް ނަޝީދަށް މަރުޙަބާ ކީއިރު، އެމްޑީޕީގެ ކޮންގްރެސް އިން ފެނުނީ ހިތާމަވެރި މަންޒަރެއް: މަޚްލޫފް

ދިވެހިރާއްޖެ އިން ޖަޕާން އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚްލޫފް

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަށް މަރުޙަބާ ކީއިރު، އެމްޑީޕީގެ ކޮންގްރެސް އިން ފެނުނީ ހިތާމަވެރި މަންޒަރެއް ކަމަށް ދިވެހިރާއްޖެ އިން ޖަޕާން އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުމް މަޚްލޫފް ވިދާޅުވީ، ޕީއެންސީގެ ކޮންގްރެސް އަށް ރައީސް ނަޝީދު ވަޑައިގެންނެވިއިރު، ޕީއެންސީގެ މެމްބަރުންނާއި އިސްވެރިން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވި ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރި މީހުން ވެސް، އެ ރޭ ކޮޅަށް ތެދުވެ ރައީސް ނަޝީދަށް މަރުޙަބާ ކީ ކަމަށް މަޚްލޫފް ވިދާޅުވި އެވެ.

Advertisement
Article Inside

އެހެން ނަމަވެސް، ދާދި ފަހުން ނިމުނު އެމްޑީޕީގެ ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނުނީ ހިތާމަވެރި މަންޒަރެއް ކަމަށް މަޚްލޫފް ވިދާޅުވި އެވެ. ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ބައިވެރިވެ ވަޑައިގެންނެވިއިރު، އެ ރޭ ފެނިގެން ދިޔައީ ކޫލް ކަމެއް ނޫން ކަމަށް މަޚްލޫފް ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިސްތިއުފާ އަށް އެކަނި ގޮވީ ނޫން ކަމަށާއި، ހަޑިހުތުރު ބަސްތައް ބޭނުންކުރި ކަމަށް މަޚްލޫފް ވިދާޅުވި އެވެ. އެ ވަގުތު އެ ތަނުގައި މިނިސްޓަރު ޝިޔާމްގެ އިތުރުން، އެތައް ބައިވެރު ސަފީރުންނެއް ވެސް ތިއްބެވި ކަމަށާއި، އެއީ ރީތި މަންޒަރެއް ނޫން ކަމަށް މަޚްލޫފް ވަނީ ވިދާޅުވެފައި އެވެ.

މީގެ އިތުރުން މަޚްލޫފް ވިދާޅުވީ، މިއަދު ރާއްޖޭގައި އޮތީ ކޮންމެ ގޮތެއް ވަރިހަމަ ކަމަށް ބުނެ، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރި ޙާލަތެއް ނޫން ކަމަށެވެ. އެ ޙާލަތު އޮތް ނަމަ، ރައީސް ނަޝީދު ވަޑައިގެން ޕީއެންސީގެ ކޮންގްރެސްގައި ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށާާއި، އެމަނިކުފާނު އެ ޖަލްސާ އަށް ވަޑައިގެންނެވީ ހަމަޖެހުން އޮތީމަ ކަމަށް މަޚްލޫފް ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް މުޢިއްޒުގެ އިސްތިއުފާ އަށް ގޮވާއްލުމުގެ އިތުރުން، ހަޑިހުތުރު ބަސްތައް ވެސް ބޭނުންކޮށްފައިވެ އެވެ. އެކަމާ ގުޅިގެން އެތައް ބައެއްގެ ނުރުހުން އަދި ފާާޑު ކިޔުން އެމްޑީޕީ އަށް އަމާޒުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް