Article Top
ޚަބަރު •

މާލޭ އުތުރު ފަރާތު ބަނދަރުގައި ފެށި ފިންގާ ޖެޓީގެ މަޝްރޫއާއެކު، އެތައް ލުއި ފަސޭހަތަކެއް ލިބޭނެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މާލޭ އުތުރު ފަރާތު ބަނދަރުގައި ފެށި ފިންގާ ޖެޓީގެ މަޝްރޫއާއެކު، އެތައް ލުއި ފަސޭހަތަކެއް ލިބޭނެ

މާލެ އިުތުރު ފަރާތު ބަނދަރުގައި ތަރައްޤީ ކުރާ ފިންގާ ޖެޓީ މަޝްރޫއުގެ ތެރެއިން.

މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް، މޯލްޑިވްސ ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނެފައި ވަނީ، އެ މަޝްރޫއުގެ މަސައްކަތް ފަށާފައި ވަނީ އަންގާރަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން 25 މީޓަރު ދިގު 6 މީޓަރު ފުޅާ 3 ޖެޓީއަކާއި، 15 މީޓަރު ދިގު 6 މީޓަރު ފުޅާ 3 ޖެޓީ ހަދާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ. އަދި މިއީ 18.98 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

Advertisement
Article Inside

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، މި ޖެޓީތައް ބޭނުންކުރާ އާންމު ރައްޔިތުންނާއި، ދަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ. ބަނދަރު މަތީގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންވުތަކަށް އަރަން މަގަތުގައި ހުންނަ އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އުފުލަން ޖެހޭ ތަކުލީފާއި އުނދަގޫތަކަށް ވެސް ނިމުމެއް އަންނާނެ ކަަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މީގެ އިތުރުން މި ގޮތަށް ޖެޓީތައް ހެދުމުން، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ވެސް އިތުރު ޖާގަ ލިބި، ގިނަ އުޅަނދުފަހަރަށް އެއްފަހަރާ ޖެޓީއާ ކައިރި ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. އެކަމުގެ ސަބަބުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައި ފައިބާ ދަތުރުވެރިންނަށް ވެސް އިތުރު ރައްކާތެރިކަން ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް