ކުޅިވަރު •

އޭޝިއަން ގޭމްސް 2026: 50 މީޓަރު ބްރެސްޓްސްޓްރޯކުން ލޫތު ގައުމީ ރެކޯޑް އާކޮފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އޭޝިއަން ގޭމްސް 2026: 50 މީޓަރު ބްރެސްޓްސްޓްރޯކުން ލޫތު ގައުމީ ރެކޯޑް އާކޮފި

ލޫގު ގައުމީ ރެކޯޑް އާކުރި 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގައި ފަތަނީ -- ފޮޓޯ/ އެމްއޯސީ: ނައުޝަމް

އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ފިރިހެނުންގެ 50 މީޓަރު ބްރެސްޓް ސްޓްރޯކުން ދިވެހި ފެތުންތެރިޔާ ލޫތު މުހައްމަދު ހުސެއިން ގައުމީ ރެކޯޑު އާކޮށްފި އެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިއޯގެ، ޓޯކިޔޯ އެކުއަޓިކް ސެންޓަރުގައި އިއްޔެ އޮތް ފިރިހެނުންގެ 50 މީޓަރު ބްރެސްޓްސްޓްރޯކުގައި ލޫތު ރޭސް ނިންމީ 30.98 ސިކުންތުންނެވެ. ދިހަ ފެތުންތެރިން ފެތި މި ހީޓު ލޫތު ނިންމީ ހަތް ވަނައިގަ އެވެ.

މިކެޓަގަރީގެ ގައުމީ ރެކޯޑު މީގެކުރިންވެސް އޮތީ ލޫތުގެ އަތުގަ އެވެ. އެއީ މިއަހަރު އޮތް 23 ވަނަ ކޮމަންވެލްތު ގޭމްސްގައި 31.54 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ބުރާސްފަތި ދުވަހު ލޫތު ވަނީ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގައި ފަތައިފަ އެވެ. އޭނާ އެ ރޭސް ފުރިހަމަ ކުރީ 2:41.95 އިންނެވެ. އަދި އަންހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓްގައި މެރާލް އައިން ލަތީފް ފަތާފައި ވަނީ 28.88 ސިކުންތުންނެވެ.

މި ގޭމްސްގައި ދިވެހި ސްވިމިން ޓީމުން ގައުމީ 3 ރެކޯޑެއް މިވަނީ އައު ކޮށްފައެވެ. އެއީ ލޫތު މިއަދު ހެދި 50 މީޓަރު ބްރެސްޓް ސްޓްރޯކުގެ އިތުރުން 400 މީޓަރު އިންޑިވިޖުއަލް މެޑްލޭއިން ރިހާން އާ ކުރި ރެކޯޑާއި، އަންހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކުން މެރާލް އައުކުރި ގައުމީ ރެކޯޑެވެ.

މިއާއެކު 20 ވަނަ އޭޝިއަން ގޭމްސްގައި ދިވެހި ސުވިމިން ޓީމުން ވާދަކުރާ އިވެންޓްތައް ވަނީ ނިމިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް