Article Top
ޚަބަރު •

މަސްވެރިކަމުގެ ދުވަހު ހަތަރު އެވޯޑެއް، ކުރިމަތިލުމަށް ހުޅުވާލައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މަސްވެރިކަމުގެ ދުވަހު ހަތަރު އެވޯޑެއް، ކުރިމަތިލުމަށް ހުޅުވާލައިފި

2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހަތަރު އެވޯޑެއް ދޭން ނިންމައި، އެ އެވޯޑު ތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން ވަނީ މި އެވޯޑު ތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން މަސްވެރިންގެ ދުވަހު ދިނުމަށް ނިންމާފައިވާ ހަތަރު އެވޯޑަކީ މަސްވެރިކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޒުވާން ކެޔޮޅު، މިހާރު ވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު، އާމްދަނީ ހޯދުމުގެ ގޮތުން ކުރާ މައިގަނޑު މަސައްކަތަކަށް ފަރު މަހުގެ މަސްވެރިކަން ކުރާ އެންމެ ޚިދުމަތްތެރި ފަރު މަސް ވެރިޔާ އަދި މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ، އަދި އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ އެންމެ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑެވެ.

Advertisement
Article Inside

މީގެ ތެރެއިން މަސްވެރިކަން ކުރާ އެންމެ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑަކީ މިއަހަރު މުޅިން އަލަށް ތައާރަފުކޮށްފައިވާ އެވޯޑެކެވެ. މި އެވޯޑުތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މި ހިނގާ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އެކަމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ފޯމު ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ މަސްވެރިކަމުގެ ދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް މަސްވެރިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ސަރުކާރުން ފާހަގަކުރަމުން އަންނައިރު، މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭ ސިޓީގައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް