ރައީސް ޔާމީން "ލާލަށް" ހުކުމް ހެއްދެވުމުގައި، ކަނޑިތީމު ރައީސް ވިދާޅުވީ މިހާރު އެ ހުކުމް ބާތިލުކަމަށް
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ރައީސް ޔާމީން ތާސްކުޅުއްވުމުގައި --
ރައީސް ޔާމީން ތާސް ކުރު ސޯޓުކޯޅެއްގައި ތާސްކުޅެން އިންނަވާ ވީޑިއޯއަކާއެކު ކަނޑިތީމު ދާއިރާގެ ޕީއެންސީ ރައީސް މުހައްމަދު ސިނާން ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސިނާން ހިއްސާކުރެއްވި ވީޑިއޯއެއްގައި ރައީސް ޔަމީން ތާސްކުޅެން އިންނަވައި ހުކުމް ހެދި މީހަކާ ބެހޭގޮތުން އަރައިރުންވެވަޑައިގަންނަވައެވެ.
ރައީސް ޔާމީން ތަކުރާރުކޮށް އެ ވީޑިއޯގައި "ލާލަށް" ހުކުމް ހެދީ "އަހަރެން" ކަމުގައި ވިދާޅުވެއެވެ.
އެ ވީޑިއޯ ހިއްސާކުރައްވައި ސިނާން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ލިބުނު ފާފު ޕްރޮޖެކްޓް ގެއްލިގެން ދިޔައީ "ލާލަށް" ހުކަމް ހަދަން އިންނަވަނިކޮށްކަމަށެވެ.
ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ނުވީ ވެސް ހުކުމް ހަދަން މޭޒުދޮށުގައި އިންނަވަން ހައްދަވައިގެންކަމަށް ސިނާން ވިދާޅުވިއެވެ.
މިއަދު އަނެއްކާ ރައީސް ޔާމީން ނިކުމެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ބޮޑު އިންވެސްޓުމަންޓެއް ލިބުމުން އެކަން ހުއްޓުވަން އޭރު ހުކުމް ހެއްދެވިހެން ހުކުމް ހައްދަވަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސިނާން ވިދާޅުވީ ނަމަވެސް ރައީސް ޔާމީން ހަނދުމަ ނެތް އެއް ކަމަކީ އޭރު ރައީސް ޔާމީން ވަށް މޭޒުކޮޅު ދޮށުގައި ހުކުމް ހައްދަވަން އިންނަވާހެން ހުކުމް ހައްދަވަން އަދުގެ ރައީސް، ޑރ، މުއިއްޒު ނީނައްވާނެކަމެވެ.
އެހެންކަމުން ރަސްމާލެ ޕްރޮޖެކްޓަށް ހުކުމް އަޅަން ރައީސް ޔާމީން ނުވިސްނަވުށް ވިދާޅުވެ، އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ރައީސް ޔާމީންއަށް ދޭގޮތަށް ނޫންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް