ކުޅިވަރު

ގައުމީ ކްރިކެޓް ޓީމު އެކުލަވާލައި ވޯލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވަނީ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ގައުމީ ކްރިކެޓް ޓީމު އެކުލަވާލައި ވޯލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވަނީ

ގައުމީ ކްރިކެޓް ޓީމަށް ޖޯޒީ ހަވާލްކުރި ރަސްމިއްޔާތުގައި. -- ފޮޓޯ/ ޕީއެސްއެމް

އަންނަ މަހު މެލޭޝިއާގައި ބާއްވާ އައިސީސީ މެންސް ޓީ20 ވޯލްޑް ކަޕް 2028 ގެ އޭޝިއާ ސަބް ރީޖަނަލް ކޮލިފިކޭޝަން ބުރުގައި ވާދަކުރާ ސީނިއާ ގައުމީ ކްރިކެޓް ސްކޮޑު އެކުލަވާލައި، ކުޅުންތެރިންނަށް ޖާޒީ ހަވާލު ކޮށްފި އެވެ.

ހ. ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތުގައި ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މުހައްމަދު ރިޒްވީ ހަސަން އެވެ. މީގެއިތުރުން، ޓީމުގެ އޮފިޝަލް ކިޓް ސްޕޮންސަރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއެކު އިތުރު އަހަރަކަށް ސްޕޮންސާޝިޕް އާކުރުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.

ޖުމްލަ 12 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ މި ސްކޮޑުގެ ކެޕްޓަނަކީ ހަސަން ހާޒިގް އެވެ. އަދި ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ޔޫސުފް އަޒްޔާން އެވެ. އަފްޣާނިސްތާނުގެ ތަޖުރިބާކާރު ކޯޗު އަސަދުﷲ ޚާންގެ އިރުޝާދުގެ ދަށުން ތައްޔާރުވަމުން އަންނަ ގައުމީ ޓީމު، މުބާރާތުގެ ކުރިން ސްރީލަންކާގައި ކޭމްޕް ކުރުމަށް ހަމަޖެހިފައި ވާއިރު، ޓީމު ލަންކާއަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ. ލަންކާ ކޭމްޕަށްފަހު އަންނަ މަހުގެ 5 ގައި ގައިމީ ޓީމު މެލޭޝިއާއަށް ދާނެއެވެ.

އޭޝިއާގެ ސަބް ރީޖަނަލް ކޮލިފަޔާސް ގުރޫޕް ބީގައި ރާއްޖެ ހިމެނެނީ މެލޭޝިއާ، ޗައިނާ، ހޮންގްކޮންގް، ސައުދީ އަރަބިއްޔާ އަދި ސިންގަޕޫރާއެކު އެވެ. ގުރޫޕްގެ އެންމެ ރަނގަޅު ދެ ޓީމު، ރީޖަނަލް ފައިނަލަށް ހޮވޭނެ އެވެ.

ކޮލިފައިންގައި ރާއްޖޭގެ މެޗުތައް:

  • އޮކްޓޫބަރު 8: ޗައިނާ

  • އޮކްޓޫބަރު 9: ސިންގަޕޫރު

  • އޮކްޓޫބަރު 11: މެލޭޝިއާ

  • އޮކްޓޫބަރު 12: ހޮންގްކޮންގް

  • އޮކްޓޫބަރު 14: ސައުދީ އަރަބިއްޔާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް