ޚަބަރު

ޤައުމީ ޤުރުއާން މުބާރާތުގެ ސެމީ ފައިނަލް އާއި ފައިނަލް ސެޕްޓެމްބަރު މަހު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޤައުމީ ޤުރުއާން މުބާރާތުގެ ސެމީ ފައިނަލް އާއި ފައިނަލް ސެޕްޓެމްބަރު މަހު

މީގެ ކުރިން އޮތް ޤައުމީ ޤުރުއާން ކިޔެވުމުގެ 37 ވަނަ މުބާރާތުގެ ތެރެއިން

ޤައުމީ ޤުރުއާން މުބާރާތުގެ މިއަހަރުގެ ސެމީ ފައިނަލް އާއި ފައިނަލް ބުރުގެ ކިޔެވުން، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ.

މިއަހަރު ބާއްވަނީ ޤައުމީ ޤުރުއާން ކިޔެވުމުގެ 38 ވަނަ މުބާރާތެވެ. މިއީ ޤުރުއާން ހިތުދަސްކުރުމާއި، ޔަޖުވީދުގެ ހަމަތަކުގެ މަތިން ރީތިކޮށް ޤުއުރާން ކިޔެވުމަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހާމަ ކޮށްފައިވާ ގޮތުގައި، މިއަހަރުގެ ޤައުމީ މުބާރާތުގެ ސެމީ ފައިނަލްގެ ކިޔެވުން ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން، 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މުބާރާތުގެ ފައިނަލް ބުރުގެ ކިޔެވުން ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުން، 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ މުބާރާތުގެ އުސޫލަށް ބޮޑެތި ބަދަލު ތަކެއް ގެނެސްގެން ކަމަށްވާއިރު، މިއަހަރުގެ މުބާރާތުގައި ވަނީ މުޅިން އަލަށް އޮޑިޝަން ބުރެއް ކުރިއަށް ގެންގޮސްފައި އެވެ. އޮޑިޝަން ބުރު ކުރިއަށް ގެންގޮސްފައި ވަނީ މާލެ އާއި، އަތޮޅު ތެރޭގެ 21 ރަށެއްގައި އެވެ. މުބާރާތުގެ އޮޑިޝަން ބުރުގައި ޖުމުލަ 2،742 ދަރިވަރުން ވަނީ ކިޔަވައިފަ އެވެ.

ޤައުމީ ޤުރުއާާން މުބާރާތުގެ އެކި ބައިތަކުން އެއް ވަނަ ހޯދާ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުންވާ ދާއިރާ އަކުން ޕީއެޗްޑީއާ ހަމައަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް