އަމާން އުދަރެސް ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަޔާ އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އެމްއެންޑީއެފް އިން ފަޔާ އެވެއާނެސް ސެޝަން ނަގައިދެނީ --- ފޮޓޯ/ އެމްއެންޑީއެފް
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ގުޅިގެން، ހުޅުމާލެ ފޭސް 2ގެ "އަމާން އުދަރެސް" ޓަވަރުތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް އަމާޒުކޮށްގެން ފަޔާ އެވެއާނަސް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
"އަމާން އުދަރެސް" ޓަވަރު 15 އަދި 16 އާ ދެމެދު އޮންނަ ހުސްޖާގައިގައި އިއްޔެ އެ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އަމާން އުދަރެސް ޓަވަރު 15،14،13 އަދި 16ގައި ދިރިއުޅޭ ފަރާތްތަކަށެވެ.
އެ ސެޝަނުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔާ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢލޫމާތުތައް ކިޔައިދީފައިވެެއެވެ.
މީގެއިތުރުން ބަދިގޭގައި ހިނގާ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ވެސް އެ ސެޝަނުގައި މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި އެ ސެޝަންގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ އުނގަންނައިދީފައެވެ.
އެ ސެޝަންގައި ބައިވެރިވެލެއްވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތަށް ވަނީ އިނާމް ހަވާލުކޮށްދެއްވާފައެވެ.
އާންމުންގެ ގިނަ ފަރާތްތަކެއް ބައިވެރިވެލެއްވި މި ސެޝަން ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔާފައިޓަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް