އޭޝިއަން ގޭމްސް 2026: ބީޗް ވޮލީ އަންހެން ޓީމުގެ ދެވަނަ މެޗުގައި ހޮންގް ކޮންގް އަތުން ބަލިވެއްޖެ
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މިއަދު ހޮންގް ކޮންގާ ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ އެމްއޯސީ/ އައްފާން
އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ރާއްޖޭގެ އަންހެން ބީޗް ވޮލީބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުން ދިވެހި ޓީމުގެ މައްޗަށް ސީދާ ދެ ސެޓުން ހޮންގްކޮންގް ކުރި ހޯދައިފި އެވެ.
ރާއްޖޭގެ އަންހެން ޕެއާ އާމިނަތު އަރީޝާ އާއި ފާތުމަތު އަނާލް ގެ މައްޗަށް ހޮންގް ކޮންގްގެ ވިންގް މަން ޓޯ އަދި ވިންގް ޓުންގް ޓޯގެ ޕެއާ ކުރި ހޯދީ 21-2 އަދި 21-9 އިންނެވެ.
ނަގޯޔާގެ ހެކިނަން ރިޔޮކުޗީ ބީޗް ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު ހޮންގްކޮންގް ޕެއާ ފަސޭހައިން ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓުގައި ދިވެހިރާއްޖޭގެ ޕެއާ އިން ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ.
އޭޝިއަން ގޭމްސްގައި ބީޗް ވޮލީ އަންހެން ޓީމު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ވާދަކުރާނީ މޮންގޯލިއާ އާދެކޮޅަށެވެ. މި މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
ބީޗް ވޮލީގެ ދިވެހި ފިރިހެން ޓީމު ގްރޫޕް ސްޓޭޖްގެ ފަހުމެޗަށް މާދަމާ ނުކުންނާނީ ބަނގްލަދޭޝާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް