ސިނަމާލެ ބުރިޖުގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފި
އަލީ އީމާން
ލިޔުންތެރިޔާ
ސިނަމާލެ ބުރިޖު
ސިނަމާލެ ބުރިޖުގައި ސައިކަލުގައި މަޑުކޮށްގެން އިންދާ އެކްސިޑެންޓުވެ މީހެއްގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ ރޭ 2:20 ހާއިރު ކަމަށެވެ. އަދި މި އެކްްސިޑެންޓު ހިނގައިފައިވަނީ ބުރިޖުގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި ވިއްސާރަވުމުގެ ސަބަބުން އެއް ފަޅީގައި މަޑުކޮށްގެން ހުރި ސައިކަލެއްގައި ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
މި އެކްްސިޑެންޓުގައި އަނިޔާވެފައިވަނީ ފަހަތުން އައި ސައިކަލު ދުއްވަން އިން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަދި އެމީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދާ ކަމަށާއި ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި އޭނާގެ ކަށިމަތި ފަޅައިގެން ގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް