ކުޅިވަރު •

އޭޝިއަން ގޭމްސް 2026: އަނާލް އާއި އަރީޝާގެ ޕެއާ މޮންގޯލިއާ ބަލި ކޮށްފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އޭޝިއަން ގޭމްސް 2026: އަނާލް އާއި އަރީޝާގެ ޕެއާ މޮންގޯލިއާ ބަލި ކޮށްފި

މިއަދުގެ މެޗުގައި އަނާޅް އާއި އަރީޝާގެ ޕެއާ. -- ފޮޓޯ/ އެމްއޯސީ: ނައުޝަމް

އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ރާއްޖޭގެ އަންހެން ބީޗް ވޮލީބޯޓަ ޕެއާ ސީދާ ދެ ސެޓުން މޮންގޯލިއާ ބަލި ކޮށްފި އެވެ.

ގުރޫޕް ޖީގެ ފަހު މެޗުގައި މި އަދު ހެނދުނު ފާތިމަތު އަނާލް އާއި އާމިނަތު އަރީޝާގެ ޕެއާ ވާދަ ކުރީ މޮންގޯލިއާގެ ބްޓްޖާގަލް ޓްސޮލްމޮން އާއި ގަންތޮގްކޮހް ކަންޑްސުރެންގެ ޕެއާއާ އެވެ. ރާއްޖޭގެ ޕެއާ ސެޓްތައް ގެންގޮސްފައި ވަނީ 21-14 އަދި 21-15 އިންނެވެ.

މި ގުރޫޕްގެ އެއްވަނައިގައި ގަދަ 16 އަށް ދަތުރު ކުރީ ފިލިޕީންސެވެ. ދެވަނައިގައި އަނެއް ބުރަށް ދަތުރު ކުރީ ހޮންގް ކޮންގް އެވެ. މި މޮޅާ އެކު ރާއްޖެ ނިންމާލީ ގުރޫޕްގެ ތިންވަނައިގަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް