ހަ މެންބަރުންނާއެކު ޕްރޮކިއުމެންޓް ޕޮލިސީ ބޯޑު އެކުލަވާލައިފި
އަލީ އީމާން
ލިޔުންތެރިޔާ
ޕްރޮކިއުމެންޓް ޕޮލިސީ ބޯޑުގެ މެންބަރުން
ދައުލަތުގެ ޕްރޮކިއުމެންޓްތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށް ހަ މެންބަރުން ހިމެނޭ ގޮތަށް ޕްރޮކިއުމެންޓް ޕޮލިސީ ބޯޑު އެކުލަވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ މި ބޯޑުގެ ޗެއާޕާސަންއަކަށް އައްޔަނުކޮށްފައިވަނީ މުހައްމަދު ޝިފާހު އެވެ. ހަމައެއާއެކު ފިނޭންސް މިނިސްޓްރީއަށް ނިސްބަތްވާ ފާތިމަތު ނުޒުހާވެސް ވަނީ މި ބޯޑުގައި އަލަށް ހިމަނާފަ އެވެ.
ޕްރޮކިއުމެންޓް ބޯޑުގައި ދެ އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.މުހައްމަދު ކިނާނަތު އަދި މި ބޯޑު ފުރަތަމަ އެކުލަވާލި އިރު މެންބަރަށް ގޮތުގައި ހުންނެވި މިހާރުގެ އެންވާރެމެންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާވެސް އަލަށް އެކުލަވާލި ބޯޑުގައި ހިމާނާފައިވެ އެވެ.
ދައުލަތުގެ މިނިސްޓްރީތަކަށް ނިސްބަތްވާ ބޭފުޅުންގެ އިތުރަށް ޕްރައިވެޓް ސެކްޓަރއަށް ނިސްބަތްވާ ދެ ބޭފުޅުންވެސް ވަނީ މި ބޯޑުގައި ހިމަނާފަ އެވެ. މި ދެ މެންބަރުންނަކީ ޑރ. މުހައްމަދު އާދިލް އަދި މާޝާ ލުތުފީ އެވެ.
ދައުލަތުގެ ޚަރަދުތައް ހިނގަނީ އިންސާފުވެރިކަމާއި ފާޅުކަން ބޮޑު ގޮތެއްގައިތޯ ޔަގީންކުރުމަށް 2020 ވަނަ އަހަރު އުފެއްދި ޕްރޮކިއުމެންޓް ބޯޑުން މިހާރުވެސް ދަނީ ދައުލަތުގެ ޕްރޮކިއުމެންޓް އުސޫލުތައް ކަނޑައަޅާ އެ އުސޫލުަތައް އިސްލާހުކުރަމުންނެވެ. އަދި ދައުލަތުގެ އިދާރާތަކުން މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓްތައް ދިނުމުގައާއި މުދާ ހޯދުމުގައި މާލިއްޔަތު ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަމުން ދޭތޯ މި ބޯޑުން މޮނީޓާަ ކުރަމުންދާނެ އެވެ،.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް