ޚަބަރު

ނަމާދު ކުރާ ވަގުތު އިމާމުން ތުރުކުރައްވާނެ ޚާއްސަ ހެދުމެއް ފަރުމާ ކުރަން ހުޅުވާލަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ނަމާދު ކުރާ ވަގުތު އިމާމުން ތުރުކުރައްވާނެ ޚާއްސަ ހެދުމެއް ފަރުމާ ކުރަން ހުޅުވާލަނީ

އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދެއްގައި ޚުތުބާ ވިދާޅުވަނީ.

ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރާ އިމާމުން ތުރު ކުރާނެ ޚާއްސަ ހެދުމެއް ފަރުމާ ކުރަން ހުޅުވާލަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ތަކަށް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު ހޯމަ ދުވަހު ފޮނުއްވާފައިވާ މެސެޖެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި، އީދު ނަމާދު ކުރައްވާ ބޭފުޅުންނާއި، އާންމުކޮށް އިމާމު ކަމުގެ ވަޒީފާގައި އުޅުއްވާ ބޭފުޅުން ނަމާދު ކުރާ ވަގުތުގައި ތުރުކުރައްވާނެ ހެދުމެއް ތާކިހާކޮޅާ އެކު ހިމެނޭހެން ފަރުމާ ކުރަން ހުޅުވާލަން މިނިސްޓްރީ އިން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް އިމާމުގެ ނަމާދު ކުރާ ފަރާތްތައް ބޭނުން ކުރުމަށް ޚާއްސަ ހެދުމެއް ފަރުމާ ކޮށްފައި ނުވެ އެވެ. އެހެން ނަމަވެސް، ހުކުރު ނަމާދު އަދި އީދު ނަމާދު ކުރައްވާ ބޭފުޅުން މިހާރު ވެސް ޖުއްބާ ބޭނުންކުރެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް