ޚަބަރު

ޕާކިސްތާންގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޕާކިސްތާންގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ގައި ބުދަ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ޕާކިސްތާންގެ ބޮޑު ވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފް އަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް މުޢިއްޒުގެ މެސެޖުގައި، ތުއްތު ކުދިން ތަކެއްގެ ފުރާނަ ގެއްލިގެން ދިޔަ މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވި އެވެ. އަދި ހިތާމައިގެ މިދަނޑިވަޅުގައި، ހިތްދަތިކަން ލިބުނު ޢާއިލާ ތަކަށް ކެތްތެރިކަމާއި، ތަސައްލީ މިންވަރު ކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ހެޔޮ ދުޢާ އެ ޢާއިލާތަކާ އެކު ވާކަމަށް ރައީސް މުޢިއްޒު ފާހަގަ ކުރެއްވި އެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސް މުޢިއްޒު ވަނީ ޕާކިސްތާންގެ ބޮޑު ވަޒީރު ޝަހްބާޒް ޝަރީފް އާއި، ޕާކިސްތާން ސަރުކާރަށާއި، އުޚުއްވަތްތެރި ރައްޔިތުންނަށް އިޚުލާޞްތެރި ތަޢުޒިޔާ ވިދާޅުވެފައި އެވެ. އަދި މި ޙާދިސާއާ ގުޅިގެން މިހާރު ކުރިއަށްދާ ތަޙުޤީޤުގެ ސަބަބުން، ކުރިމަގުގައި ދިމާވެދާނެ މިފަދަ ހާދިސާތައް ހުއްޓުވުމަށް އެޅޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް، އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ޕާކިސްތާންގެ ޕިމްސްގައި ބުދަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ތުއްތު ކުދިން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް