Article Top
ޚަބަރު •

ހުޅުމާލޭގެ 50 އިންސައްތަ ހައުސިން ޔުނިޓުތަކަށް މީހުން ކުއްލި ނުދައްކާ!

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ހުޅުމާލޭގެ 50 އިންސައްތަ ހައުސިން ޔުނިޓުތަކަށް މީހުން ކުއްލި ނުދައްކާ!

ރައީސް އޮފީހުގައި ބޭއްވި ކެބިނެޓުގެ މަސައްކަތު ބައްދަލުވުމުގައި ޒުހެއިރު ވާހަކަ ދައްކަވަނީ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ތެރެއިން، 50 އިންސައްތަ މީހުން ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު ވިދާޅުވެއްޖެ އެވެ.

ޒުހެއިރު މިހެން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި ޒުހެއިރު ވިދާޅުވީ، އެޗްޑީސީ އިން ހުޅުމާލޭގައި ހުރި 12000 އަށް ވުރެ ގިނަ ފްލެޓު ބަލަހައްޓާ ކަމަށާއި، އޭގެ ތެރެއިން 50 އިންސައްތަ މީހުން ކުލި ނުދައްކާ ކަމަށެވެ.

Advertisement
Article Inside

އެކަމުގެ ތަފްސީލުތައް ދެއްވަމުން ޒުހެއިރު ވިދާޅުވީ، ކުލި ނުދައްކާ ތިބީ އެކި ޙާލަތްތައް ދިމާވެގެން ކަމަށެވެ. އެގޮތުން މާލީ ދަތިކަމުގެ ސަބަބުންނާއި، އެހެނިހެން ކަންކަމާ ހުރެ ކުލި ނުދައްކާ މީހުން ތިބި ކަމަށް ޒުހެއިރު ވިދާޅުވި އެވެ. ޒުހެއިރު މިހެން ވިދާޅުވެފައިވާާއިރު، ސޯޝަލް ހައުސިން ޔުނިޓު ތަކަށް ކުލި ނުދައްކާ މައްސަލަ އަބަދުވެސް ދިމާވެ އެވެ. އަދި އެކަން ޙައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައިވެ އެވެ.

މީގެ އިތުރުން. ސޯޝަލް ހައުސިން ޔުނިޓުތަކުގެ ތެރެއިން ކުއްޔަށް ދީފައި ހުރި ތަންތަން އަތުލުމަށް ކުރަމުން އަންނަ މަސައްކަތް ވެސް ޒުހެއިރު ފާހަގަކުރެއްވި އެވެ. އެގޮތުން ޒުހެއިރު ވިދާޅުވީ، އެގޮތަށް ކުއްޔަށް ދީފައިވާ ފްލެޓުތައް ދެނެގަތުމުގެ މަސައްކަތްކޮށް، ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފްލެޓުތައް ހުސްކުރުމަށް އެ ތަންތަނުގެ ވެރިންނަށް އެންގި ކަމަށެވެ. އެޗްޑީސީގެ އެންގުމާ އެއްގޮތަށް ގިނަ ބަޔަކު އަމަލު ކުރި ކަމަށް ޒުހެއިރު ފާހަގަ ކުރެއްވި އެވެ.

ސޯޝަލް ހައުސިން ޔުނިޓުތަކަށް ދައްކަން ޖެހޭ ކުއްލި ނުދައްކާ ގިނަ ބަޔަކު ތިބޭއިރު، ކުއްލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ވެސް އަރާފައިވެ އެވެ. ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި ވަނީ، ޖޫރިމަނާ މައާފުކޮށްދީފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް