ކުޅިވަރު

އިންޓަނޭޝަނަލް ބްރޭކުގައި ކުޅޭ މެޗުތަކަށް ގައުމީ ޓީމު ފުރައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އިންޓަނޭޝަނަލް ބްރޭކުގައި ކުޅޭ މެޗުތަކަށް ގައުމީ ޓީމު ފުރައިފި

ގައުމީ ޓީމު ފުރަން ތައްޔާރުވެގެން -- ފޮޓޯ/ ގާފު ސްޕޯޓްސް

ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް، 23 ކުޅުންތެރިންގެ ސްކޮޑަކާއެކު ޓީމު އިއްޔެ ފުރައިފި އެވެ.

އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން މި ބްރޭކުގައި ވަރުގަދަ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ޗައިނާގައި ނުކުންނާނީ ފީފާ ރޭންކިންގެ 91 ވަނައިގައި (އޭޝިއާގެ 13) އޮތް ޗައިނާއާ ދެކޮޅަށެވެ. އެއަށްފަހު ކިރިކިސްޠާނަށް ފުރައި، މި މަހުގެ 28 ވަނަ ދުވަހު ރޭންކިންގެ 106 ވަނައިގައި (އޭޝިއާގެ 19) އޮތް ކިރިކިސްޠާނާ ދެކޮޅަށް ކުޅުމަށްފަހު، އޮކްޓޯބަރު 1 ވަނަ ދުވަހު ނުކުންނާނީ ރޭންކިންގެ 107 ވަނައިގައި (އޭޝިއާގެ 20) އޮތް ލުބުނާނާ ދެކޮޅަށެވެ.

މި މެޗުތަކަށް އެކުލަވާލި ސްކޮޑުން މުހިންމު ބަދަލުތަކެއް ފެނިގެންދެއެވެ. އަނިޔާގެ ސަބަބުން ޒުވާން ތަރި މުހައްމަދު އިލާން އިމްރާނަށް ޓީމުން ޖާގަ ނުލިބުނު އިރު، ސްކޫލް އިމްތިހާނުތައް އޮތުމުގެ ސަބަބުންވެސް ބައެއް ޒުވާން ކުޅުންތެރިންނަށް ވަނީ ޓީމާ އެކު ބައިވެރި ވެވޭގޮތް ނުވެފަ އެވެ.

Uploaded image

އަރީން. (ކ) އަދި އަޝްވާން (ވ). -- ފޮޓޯ/ ގާފު ސްޕޯޓްސް

މި ފަހަރުގެ ސްކޮޑުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބުރު ސްޕޯޓްސް ކްލަބުގެ އަރީން އަބްދުއްﷲ އިބްރާހީމް އާއި އޮޑި ސްޕޯޓްސް ކްލަބްގެ ގޯލްކީޕަރު މުހައްމަދު އަޝްވާން އަލަށް ގައުމީ ސްކޮޑުގައި ހިމެނުމެވެ. އަޝްވާން މީގެ ކުރިން ޕްރިލިމިނަރީ ސްކޮޑެއްގައި ހިމެނުނު ނަމަވެސް އަނިޔާއެއްގެ ސަބަބުން ފައިނަލް ސްކޮޑުން ފުރުސަތު ގެއްލުނެވެ. މީގެ އިތުރުން ޓީމުގެ ކެޕްޓަންކަން އަލުން ތަޖުރިބާކާރު ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ) އާ ހަވާލު ކޮށްފައި ވާއިރު، ހެޑް ކޯޗު އިސްތަވާން އުރުބާނީގެ އެސިސްޓަންޓަކަށް ވަނީ ސޮބާހު މުހައްމަދު (ސޮބާ) ހަމަޖައްސައިފަ އެވެ.

ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑު:

  • މާޒިޔާ: ހުސައިން ޝަރީފް (ގޯލްކީޕަރު)، ސަމޫހު އަލީ، އިބްރާހިމް އައިސަމް، ހައިޝަމް ހަސަން، އިބްރާހިމް މަހުދީ ހުސައިން، އަބްދުއްﷲ ލޫތު އިބްރާހިމް، އަހުމަދު އައިހަމް، ނިޝާމް މުހައްމަދު ރަޝީދު، ނައްސާހު އިބްރާހިމް ނާސިރު

  • އޮޑި ސްޕޯޓްސް: މުހައްމަދު އަޝްވާން (ގޯލްކީޕަރު)، އިބްރާހިމް ވަހީދު ހަސަން، އަހުމަދު އައިހަމް، މުޒްދަން ހަސަން، އަހްޒަމް ރަޝީދު، އަހުމަދު ނުއުމާން

  • ވިކްޓަރީ ސްޕޯޓްސް: މުހައްމަދު ޔާމީން (ގޯލްކީޕަރު)، ހުސައިން ޝިފާއު ޔޫސުފް، އަހުމަދު މާއިޝް ރަޝީދު

  • ނިއު ރޭޑިއަންޓް: އަލީ ފާސިރު، އަމްދާން އަލީ

  • ބުރު ސްޕޯޓްސް: ތޯއިފް ގާސިމް، އަރީން އަބްދުއްﷲ އިބްރާހީމް

  • ޓީސީ ސްޕޯޓްސް ކްލަބް: ހަސަން އީނާޒް

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް