ޚަބަރު

ޔަހޫދީން ގައްޒާ އާރާސްތުކުރަން ދެކޮޅުހަދާތީ، ބައްދަލުވުމަށް އިރުތިޝާމް ސައުދީއަށް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ޔަހޫދީން ގައްޒާ އާރާސްތުކުރަން ދެކޮޅުހަދާތީ، ބައްދަލުވުމަށް އިރުތިޝާމް ސައުދީއަށް

މިނިސްޓަރު އިރުތިޝާމް

ޔަހޫދީން ގައްޒާ އާސްތުރުކުމާ ދެކޮޅުހަދާތީ، ބައްދަލުވުމަށް އިރުތިޝާމް ސައުދީއަށް

ޔަހޫދީ ދައުލަތުން ގައްޒާ އާރާސްތުކުރުމުގެ މަގުޗާޓާ ދެކޮޅު ހަދަމުންދާތީ، ބާއްވާ އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

‏އޯއައިސީގެ މި ބައްދަލުވުމުގައި ‏މިނިސްޓަރު ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި މާދަމާ ބާއްވާ އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ގައިރުގާނޫނީ އަމަލުތައް ކުށްވެރިކޮށް ފަލަސްތީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަނެ ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ސައުދީގެ ދައުވަތަކަށް ބާއްވާ ހާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް ތަގުރީރު ކުރައްވަން ހަމަޖެހިފައިވާއިރު، މިފަހަރު ބައްދަލުވުމުގައި ވެސް ރާއްޖޭގެ ފަރާތުން ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާނެ އެވެ. އަދި ޔަހޫދީ ދައުލަތުން ހިންގާ އަމަލުތައް ކުށްވެރިކޮށް ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރައްވާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް