ޚަބަރު

ބޯކޮށް ވާރޭވެހޭނެތީ، ގއ. އަތޮޅުން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ބޯކޮށް ވާރޭވެހޭނެތީ، ގއ. އަތޮޅުން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފި

އައްޑޫގައި ފެން ބޮޑުވެފައި --

ބޯކޮށް ވާރޭވެހޭނެތީ، ގއ. އަތޮޅުން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފިިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ގއ. އަތޮޅުން އައްޑޫ ސިޓީއަށް ނެރެފައިވަނީ މިއަދުގެ 18:00 އިން މިރޭ 22:00 އަށެވެ.

އެ އިދާރާއިން ބުނީ އެ އަތޮޅުތަކަށް ވާރޭ ވެހުމާއެކު ގުގުރައި، އަދި ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

އެ އަތޮޅުތަކަށް މިއަދު ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. މިއަދު ހެނދުނު އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖު ސަމާލު ނެރުނެވެ.

މިއަދު އެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި ވަނީ އެކި ގެއްލުން ލިބިފައެވެ. އެގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އައްޑޫ ސިޓީއާއި ފުވައްމުލަކަށް ކުރި ވިއްސާރައިގައި މިއަދު އެ ދެ ސިޓީގައި ފެން ބޮޑުވެ އެކި ގެއްލުން ވެފައިވާކަމަށެވެ.

ގއ، ގދ، ފުވައްމުލައް އަދި އައްޑޫގެ ރަށްރަށަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓް ކުރުމާއި ގުޅިގެން ހާލަތު މޮނީޓާ ކުރަމުން އަންނަ ކަމަށާއި، އައްޑޫގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން ކައުންސިލްތަކާއި ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

އެމްޑީއެމްއޭ އިން ބުނި ގޮތުގައި، މިހާތަނަށް އައްޑޫ ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ދެ މީހަކު ހިމެނޭހެން، ޖުމްލަ 8 މީހަކު ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމުގެ ސަބަބުން ސިޓީ ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް