ޚަބަރު

އިސްލާހުތަކާއެކު ޕީއެންސީގެ އަސާސީ ގަވައިދު ފާސްކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އިސްލާހުތަކާއެކު ޕީއެންސީގެ އަސާސީ ގަވައިދު ފާސްކޮށްފި

ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން --

އިސްލާހުތަކާއެކު ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވައިދު ފާސްކޮށްފިއެވެ.

އަސާސީ ގަވައިދަށް ގެންނަން ބޭނުންވާ އިސްލާހުތަކާއެކު ޕީއެންސީގެ އަސާސީ ގަވައިދު ފާސްކުރީ މިހާރު ކުރިއަށްދާ އެ ޕާޓީގެ މަޖިލީހުގެ މިއަދު ހެނދުނުގެ ބައްދަލުވުމުގައެވެ.

މިއަދު ފެށި އެ ޕާޓީގެ މަތީ މަޖިލީހުގައި ވަނީ ޕާޓީގެ އަސާސީ ގަވައިދުގައި ހަތަރު ހަރަކާތެއް އުފައްދަން ހިމަނައިފައެވެ. އެއީ ދީނީ އިލްމުވެރިންގެ މަޖިލީހާއި އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ އިތުރުން އިސްރަށްވެހިންގެ ހަރަކާތެވެ.

އޭގެ އިތުރުން ބައެއް ކޮމިޓީތައް އިތުރުކުރުމަށް ވެސް އަސާސީ ގަވައިދަށް ގެނައި އައު އިސްލާހުގައި ހިމަނައިފައިވެއެވެ.

ޕީއެންސީގެ އަސާސީ ގަވައިދު އިސްލާހުކުރުމަށް ފާސްވީ މަތީ މަޖިލީހުގެ ހެނދުނު އޮތް ބައްދަލުވުމުގައި ބައިވެރިވި 1،064 މަންދޫބުންގެ އިއްތިފާގުންނެވެ.

މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި 1،000އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.

މި ކޮންގްރެސްގައި ޕީއެންސީން މުހިއްމު ބައެއް ނިންމުންތައް ނިންމާނެއެވެ. އަދި އެ ޕާޓީގެ ނައިބު ރައީސުން ވެސް ހޮވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް