ކުޅިވަރު

އޭޝިއަން ގޭމްސް 2026: ސްވިމިން އިވެންޓްތައް ފެށިގެން ކުރިއަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އޭޝިއަން ގޭމްސް 2026: ސްވިމިން އިވެންޓްތައް ފެށިގެން ކުރިއަށް

އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސްވިމިން ޓީމް. -- ފޮޓޯ/ މޯލްޑިވްސް އެކުއޭޓިކްސް

މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ސްވިމިން އިވެންތްތައް ފެށިގެން ކުރިއަށް ދާއިރު މިއަދު އޮތް ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ރާއްޖޭގެ ރިހާން މުހައްމަދު ޝިހާމް ފަތައިފި އެވެ.

މިއިވެންޓްގެ ހީޓް 1 ގެ ލޭން 9 ގައި ފަތައިގެން ރިހާން މި އިވެންޓް ފުރިހަމަކުރީ 1:06.34 އިންނެވެ. މިއީ މި އިވެންޓުގެ ރާއްޖޭގެ ގައުމީ ރެކޯޑް ޓައިމިންއަށްވުރެ 1.83 ސިކުންތު ލަސް ޓައިމިންއެކެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އޮންނަނީ އެންމެ ފަހުން އޮތް 19 ވަނަ އޭޝިއަން ގޭމްސްގައި 1:04.51 އިން ފެތި އަލީ އިމްއާން އަތުގަ އެވެ.

މިއަދުގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގައި ރިހާން ވާދަކުރި ހީޓް 1 ކާމިޔާބުކުރީ 54.89 ސިކުންތުން ރޭސް ނިންމި އިންޑޮނޭޝިއާގެ ޔޫސުފް ޖޭސަންއެވެ.

މި އިވެންޓުގެ އިތުރުން އިންޑިވިޖުއަލް ދެ އިވެންޓެއްގައި ރިހާން ފަތާނެ އެވެ. އެއީ މާދަމާ އޮންނަ ފިރިހެނުންގެ 50 މީޓަރު ބެކްސްޓްރޯކް އިވެންޓާއި، އަންގާރަ ދުވަހު އޮންނަ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގަ އެވެ.

އޭޝިއަން ގޭމްސްގައި މިއ ަހަރު ވާދަކުރާ ރާއްޖޭގެ ފެތުންތެރިންނަކީ ރިހާންގެ އިތުރުން ލޫތު މުހައްމަދު ހުސެއިން އަދި މެރާލް އައިން ލަތީފް އާއި މަލައިކާ ލިންޑާ އިމްރާން އެވެ. ޓީމުގެ މެނޭޖަރަކީ ކުރިން އޮލިމްޕިކްސްގައި ވެސް ރާއްޖެ ތަމްސީލު ކޮށްފައިވާ ފެތުންތެރިޔާ އައިޝަތު ސާޖިނާ އެވެ. ޓީމުގެ ކޯޗަކީ އިސްމާއިލް ފަރުހާން އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް