އޭޝިއަން ގޭމްސް 2026: ރަފާއަށް މޮޅެއް، މުންސިފް އަދި ރަފާގެ ޕެއާ ނިންމާލީ ގަދަ 16 އިން
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ރަފާ -- ފޮޓޯ/ އެމްއޯސީ: މަހްފޫޒް
ޖަޕާނުގެ އައިޗީ-ނަގޯޔާގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް މުބާރާތުގައި، ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އަންހެން ސިންގަލްސް މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް މޮޅުވެއްޖެ އެވެ.
ރަފާ މޮޅުވީ އިއްޔެ ބަންގްލަދޭޝްގެ ނޮވްރިން މާހީއާ ދެކޮޅަށް ކުޅެ 4-2 ސެޓުންނެވެ. މި މޮޅާއެކު ދެވަނަ ބުރުގައި (ގަދަ 32 ގައި) ރަފާ ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގައި ހިމެނޭ ތައިލެންޑުގެ އޮރަވާން ޕަރަނަންގްއާ ދެކޮޅަށެވެ.
ސިންގަލްސް ބައިގައި އިއްޔެ ކުޅުނު ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ ވަނީ ނޯތު ކޮރެއާގެ ކުމް ޔޮންގް ކިމް އަތުން ސީދާ 4-0 ސެޓުން ބަލިވެފަ އެވެ.
އިއްޔެ ކުޅުނު ޑަބަލްސް އަދި މިކްސް ޑަބަލްސް މެޗުތަކުގެ ނަތީޖާ:
މިކްސް ޑަބަލްސް (މުންސިފް - ރަފާ): މޮންގޯލިއާގެ ޕެއާ އަތުން ފަހަތުން އަރައި 3-2 ސެޓުން މޮޅުވެ ގަދަ 16 އަށް ދިޔަ އެވެ. ނަމަވެސް ގަދަ 16 ގައި އިންޑިއާގެ ޝާހް މަނޫޝް އާއި ޑިޔާ ޗިޓަލެގެ ޕެއާ އަތުން 3-0 އިން ވަނީ ބަލިވެފަ އެވެ.
މިކްސް ޑަބަލްސް (ޝައްފާން - ދީމާ): އިންޑިއާގެ ހަރްމީތު ދެސާއީ އާއި ކޮމަންވެލްތު ޗެމްޕިއަން ޔަޝަސްވިނީ ގޮރްޕަޑޭގެ ޕެއާއާ ދެކޮޅަށް ވާދަވެރި ކުޅުމަކަށް ފަހު ބަލިވީ 3-2 ސެޓުންނެވެ.
ފިރިހެން ޑަބަލްސް (ޝައްފާން - މުންސިފް): އީރާނުގެ ބެންޔާމީން ފަރަޖީ އާއި އަރްޔަން ޣައްފާރީގެ ޕެއާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުން ބަލިވީ 3-2 ސެޓުންނެވެ.
މުބާރާތުގައި މިއަދު ވަނީ އަންހެން ޑަބަލްސް އަދި ފިރިހެން ސިންގަލްސް މެޗުތަކެއް ކުޅެފަ އެވެ.
އަންހެން ޑަބަލްސް (އައިޝަތު އަލްސާ ނާފިޒް - މިޝްކާ މުހައްމަދު): ވަރުގަދަ ދެކުނު ކޮރެއާގެ ޝިން ޔުބިން އާއި ޖޫ ޗެއޮންހުއީގެ ޕެއާ އަތުން 3-0 އިން ވަނީ ބަލިވެފަ އެވެ.
ފިރިހެން ސިންގަލްސް (މުންސިފް): އިރާންގެ އަލަމިޔާ ނޯޝާދާ ވާދަކޮށް 4-0 އިން ވަނީ ބަލިވެފަ. އިރާން ކުޅުންތެރިޔާ އަކީ 2017 ގައި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރަން މެޑަލް ހޯދި ކުޅުންތެރިއެއް.
ފިރިހެން ސިންގަލްސް (ޝައްފާން): ތައިލެންޑްގެ ޓަންޗަރޯއެން ސަރަޔުތާ ވާދަކޮށް ޝައްފާން ވަނީ މެޗު ފަސް ސެޓަށް ގެންގޮސްފައި. އޭނާ ބަލިވީ 4-1 ގެ ނަތީޖާއަކުން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް