މުޅި ރާއްޖެއަށް މޫސުން ގޯސް، ބޮކޮށް ވާރޭ ވެހި ކަނޑު ގަދަވާނެކަމަށް ލަފާކޮށް ސަމާލު ނެރެފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ވިއްސާރަ ދުވަހެއްގައި ސައިކަލު ދުއްވަނީ ---
މިއަދު ޖުމުލަކޮށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
އެ އިދާރާއިން ނެރުނު ސަމާލު ނޯޓިސްގައި ބުނެފައިވަނީ މިއަދު ހަވީރު 4:45 އާ ހަމައަށް ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.
މީގެ އިތުރުން އެ އަތޮޅުތަކަށް ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ކަނޑުތައް ގަދަވެފައިވާތީ ގައުމީ ދިފާއީ ބާރުން ވެސް ވަނީ ދަތުރުފަތުރުކުރުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ގައުމީ ދިފާއީ ބަރުން އިލްތިމާސްކުރީ މި ދުވަސްވަރު ދަތުރުކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް އަންގައިފައި ނޫނީ ދަތުރުނުކުރުމަށެވެ. ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ގައުމީ ދިފާއީ ބާރުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ދަތުރުކުރައްވާ ފަރާތްތަކުން ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވެލެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ. މީގެއިތުރުން ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދެއްވުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް ވެސް އެ ބާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް