Article Top
ޚަބަރު •

ރައީސް މުޢިއްޒުގެ ސަރުކާރުން ސިޔާސީ މަންފާއެއް ހާސިލުކުރަން އެއްވެސް ކަމެއް ނުކުރޭ: މަޚްލޫފް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރައީސް މުޢިއްޒުގެ ސަރުކާރުން ސިޔާސީ މަންފާއެއް ހާސިލުކުރަން އެއްވެސް ކަމެއް ނުކުރޭ: މަޚްލޫފް

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި ސަފީރު މަޚްލޫފް

ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް، ދިވެހިރާއްޖެ އިން ޖަޕާން އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަޚްލޫފް ވިދާޅުވީ، ސިޔާސީ މަސްރަހަށް ބަލާއިރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ހަމަޖެހިފައި ކަމަށެވެ. މަޚްލޫފް ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ތިން އަހަރާ ހަމައަށް ދިޔައިރު މަގުތައް ހަލަބޮލިވެ، ސިޔާސީ ލީޑަރުން ޖަލުގައި ތިބި އަދަދު ގުނާ އަދަދު ނުކުރެވޭ ކަމަށެވެ.

Advertisement
Article Inside

އެހެން ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރާ ހަމައަށް އައިއިރު އެފަދަ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށް މަޚްލޫފް ވިދާޅުވި އެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް މުޢިއްޒު ހުވާ ކުރެއްވު ދަރުބާރުގައި އިންނެވި ކަމަށާއި، ރައީސް ދެއްކެވި ވާހަކަ އަޑު އިވުނު ކަމަށް މަޚްލޫފް ވިދާޅުވި އެވެ. އެގޮތުން ސިޔާސީ ގޮތުން މީހުން ހައްޔަރު ނުކުރާނެ ކަމަށް އެ ދުވަހު ވެސް ރައީސް ވިދާޅުވި ކަމަށް މަޚްލޫފް ފާހަގަކުރެއްވި އެވެ.

އެހެންް ނަމަވެސް، ސިޔާސީ މީހަކު ވެސް ގޯސްކޮށް ކަމެއް ކޮށްފައި އޮވެއްޖެ ނަމަ އެކަން ބަލާނެ ކަމަށް މަޚްލޫފް ވިދާޅުވެފައިވެ އެވެ. ސިޔާސީ ގޮތުން މީހެއްގެ އަނގަ ބަންދުކުރުމަށްޓަކައި އެއްވެސް ކަމެއް ނުކުރައްވާނެ ކަަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާ ކަމަށާއި، މިއަދާ ހަމައަށް ރައީސް އެކަން ވަރަށް ރަނގަޅަށް ގެންދެވި ކަމަށް މަޚްލޫފް ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި މަޚްލޫފް ވިދާޅުވީ، މިއަދު އޭނާ ވެސް ޤަބޫލު ކުރައްވަނީ ސިޔާސީ މީހަކު ވިޔަސްމ ނުވަތަ އެހެން މީހަކު ވިޔަސް ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރާ ނަމަ، އެކަމަކށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ.

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ވިދާޅުވީ، ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށާއި، އެއްވެސް މީހަކަށް ސިޔާސީ ގޮތުން ފިޔަވަޅެއް ނާޅާނެ ކަމަށެވެ. ޚާއްސަކޮށް ސަރުކާރާ ވާދަވެރި ފަރާތްތަކަށް ވެސް، ސިޔާސީ ގޮތުން އެއްވެސް ދަތިކުރުމެއް ނޯންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ. ރައީސް މުޢިއްޒުގެ ސަރުކާރަށް ތިން އަހަރުވާން ދާއިރު، ސިޔާސީ ގޮތުން އެއްވެސް މީހަކު ޖަލުގައި ބަންދުކޮށްފައި ނެތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް