އަންނަ އަހަރުގެ ރާއްޖެ ވޮލީ ޖޫނިއާ ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މިއަހަރު އޮތް ރާއްޖެ ވޮލީ ޗެމްޕިއަންޝިޕްގެ ތެރެއިން -- ފޮޓޯ/ ވީއޭއެމް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް, ސްޕޯޓްސް އެންޑް ފިޓްނަސް ގުޅިގެން ބާއްވާ "ރާއްޖެ ވޮލީ ޖޫނިއާ ޗެމްޕިއަންޝިޕް 2027" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 1 ޖެނުއަރީ 2027 ގައި ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގަ އެވެ.
މި އަހަރުގެ މުބާރާތް އޮންނާނީ 16 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ ގެ ފިރިހެން އަދި އަންހެން ކެޓަގަރީއަށް ހުޅުވާލައިގެންނެވެ.
މުބާރާތުގައި ބައިވެރި ވުމަށް އެންޓްރީ ފޯމު 16 ޑިސެމްބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ހުށަހެޅުމަށް ވީއޭއެމުން މުއްދަތު ކަނޑައަޅާފައި ވާއިރު، ޓީމު ލިސްޓު ހުށަހެޅުމުގެ ސުންގަޑީއަކީ 23 ޑިސެމްބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިންނެވެ.
ގެޒެޓް: https://www.gazette.gov.mv/iulaan/416237
ވީއޭއެމް އިން އެންމެ ފުރަތަމަ ރާއްޖެ ވޮލީ ޖޫނިއާ ޗެމްޕިއަންޝިޕް ބާއްވަން ފެށީ 2025 ގަ އެވެ. ފުރަތަމަ ދެ މުބާރާތް ވެސް ބާއްވާފައި ވަނީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކެޓަގަރީއަށް ހާއްސަ ކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް