ދިވެހިންނަށް ބެލަރޫސް އަށް 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި
އަލީ އީމާން
ލިޔުންތެރިޔާ
ރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަދި ބެލަރޫސްގެ ހާރިޖީ ވަޒީރު މެކްސިމް ރައިޒެންކޯވް
ދިވެހިންނަށް ބެލަރޫސްގައި 90 ދުވަހުގެ މުއްދަތަކަށް ވިސާއާއި ނުލައި ދަތުރުކުރެވޭ ގޮތް ހަމަަޖައްސައިފި އެވެ.
ފޮރިން މިނިސްޓްރީއިން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި އާންމުކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން ކަަމަށެވެ. ފޮރިން މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެވެ. އަދި ބެލަރޫސްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ގައުމުގެ ހާރިޖީ ވަޒީރު މެކްސިމް ރައިޒެންކޯވް އެވެ.
މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެ އާއި ބެލަރޫސްގެ ރައްޔިތުންނަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާއިރު އެއް ދަތުރެެއްގައި ގިނަވަގެން 30 ދުވަހު ވިސާއާއި ނުލައި ތިބެވޭނެ ކަމަށާއި، އަހަރަކު އެކި ފަހަރުމަތިން ދަތުރުކުރާ ނަމަ ގިނަވެގެން 90 ދުވަހުގެ މުއްދަތަަކަށް ވިސާއާއި ނުލައި އެ ގައުމެއްގައި ހުރެވޭނެ ކަަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަމާމެދު ދެ ހާރިޖީ ވަޒީރުންގެ މެދުގައި ވަނީ މަޝްވަރާކޮށްފަ އެވެ. އަދި މި މަޝްވަރާތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނާއި މެދުގައި އޮތް ގުޅުން އިތުރަށް ހަރަދަނާ ވެގެންދާނެ ކަމަަށް އުންމީދުކޮށް، ބެލަރޫސް ސަރުކާރުން ރާއްޖެއާ މެދު ބާއްވާ ގާތް ގުޅުަމަށް ހާރިޖީ ވަޒީރު އިރުތިޝާމް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް