ސިފައިންގޭގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަޙުމަދު މަނިކު އަވާހަރަވުމުން ރައީސްގެ ތައުޒިޔާ
އަލީ އީމާން
ލިޔުންތެރިޔާ
އަހުމަދު މަނިކު
ސިފައިންގޭގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަޙުމަދު މަނިކު (ޖާދޫ އަޙުމަދު މަނިކު) އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ މަރުހޫމުގެ އާއިލާ އަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާފައި އެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްހޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެެއްވުން އެދި ރައީސް ވަނީ ދުއާ ދަންނަވާފައި އެވެ.
މަނިކު ވަނީ ދިވެހި ދައުލަތަށް 46 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައި އެވެ. އަދި އެބޭފުޅާ ވަނީ 2023 ވަނަ އަހަރު ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ހާސިލު ކުރައްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް