ޚަބަރު

މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި

އަލީ އީމާން

ލިޔުންތެރިޔާ

މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި

ޣުފްރާން ހާލިދު

ބަނގުރާ ހުރި ދަޅަކާއި، ބަނގުރާ ހުސްކުރި ދެ ދަޅާ އެކު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އަންގާރަދުވަހު ފުލުހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ ލ.ކަލައިދޫ އަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ޣުފްރާން ހާލިދު އެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ ސެޕްޓެމްބަރު 14 ވަނަ ދުވަހު ހުޅުމާލެ ފޭސް 2، ބެރެބެދިމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހުމުން، މަޑު ނުކޮށް ގޮސްފައިވާ މައްސަލައެއްގެ ތަހުގީގު ތެރެއިން ކަމަަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރެވުމާއެކު، އޭނާގެ އުޅަނދު ފާސްކުރުމުން ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.

ޣުފްރާންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ 10 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފަ އެެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް