ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ކެބިނެޓުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ކެބިނެޓިުގެ ބައްދަލުވުމުގެ ތެރެއިން
ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުން ބާއްވާފައި ވަނީ ރައީސް އޮފީހުގައި އެވެ.
މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ޙިއްސާކޮށް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައި އެވެ.
އަދި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ގެނެވިފައިވާ ހައްލުތަކާއެކު، މަޑުޖެހިފައިހުރި ގިނަ މަޝްރޫއުތަކެއް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ރައީސް މުޢިއްޒު ވަނީ ވަޒީރުންގެ މަޖިލީހަށް އިރުޝާދު ދެއްވާފައި އެވެ.
އޭގެ އިތުރުން، ވަކިވަކި މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުމަށް އިތުރު ހިތްވަރަކާއެކު އަދި ގުޅިގެން މަސައްކަތް ކުރުމަށް ވެސް ރައީސް މުޢިއްޒު ވަނީ ބާރު އަޅުއްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް