Article Top
ޚަބަރު •

ފ، ދ އަދި ތ އަތޮޅުގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ފ، ދ އަދި ތ އަތޮޅުގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެއްޖެ

ފ.ދަރަނބޫދޫގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ހަވާލުވުމަށް ފަހު ސްޓެލްކޯގެ އިސްވެރިން އެ ރަށުގައި ތިބި އެ ކުންފުނީގެ މުވައްޒަފުންނާ ބައްދަލު ކުރައްވަނީ.

ފ. އަތޮޅާއި، ދ. އަތޮޅު އަދި ތ. އަތޮޅުގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ސްޓެލްކޯ އިން ރަސްމީކޮށް ހަވާލުވެއްޖެ އެވެ.

ސްޓެލްކޯ އިން ބުނެފައި ވަނީ އެ ތިން އަތޮޅުގައި ފެނަކަ އިން ދެމުން އައި ޔުޓިލިޓީގެ ޚިދުމަތްތަކާ އެ ކުންފުނިން މިހާރު ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ. މިއާއެކު، އެ ތިން އަތޮޅުގައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ކުރިއަށް އޮތް ތަނުގައި ދެމުން ގެންދާނީ ސްޓެލްކޯ އިންނެވެ.

ސްޓެލްކޯ އިން ބުނީ، އެ އަތޮޅު ތަކުގައި ދެމުންދާ ޚިދުމަތް ތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑު ތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން ކަމަަށެވެ. އަދި ސްޓެލްކޯގެ އަމާޒަކީ އެ ތިން އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރު ކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މިދިޔަ ދުވަސް ތަކުގައި ސްޓެލްކޯގެ އިސްވެރިން ވަނީ ދ.އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން، އެ ރަށް ރަށުގެ ޚިދުމަތްތަކާ ރަސްމީކޮށް ހަވާލުވެފައި އެވެ. މި ދަތުރު ތަކުގައި ސްޓެލްކޯގެ އިސްވެރިން އަންނަނީ އެ ރަށް ރަށުގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުންނާ ވެސް ބައްދަލު ކުރަމުންނެވެ.

މީގެ ކުރިން ފެނަކަ އިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް، ފެނަކަ އުވާލަަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމެވީ ސަރުކާރުގެ ކުންފުނި ތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ މަޤުސަދުގައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް