Article Top
ވިޔަފާރި •

އޮކްޓޫބަރު މަހު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރަށް ވުރެ އިތުރުވެއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އޮކްޓޫބަރު މަހު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރަށް ވުރެ އިތުރުވެއްޖެ

ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް.

އޮކްޓޫބަރު މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަށް ވުރެ އިތުރު ވެއްެޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބު ތަކަށް ބަލާއިރު، މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް ވަނީ 194،039 ފަތުރުވެރިން ޒިޔާރަތްކޮށްފައި އެވެ. މިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވަނީ 192،398 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ ފަތުރުވެރިކަމަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

މިއަހަރުގެ ފެބްރުވަރީ މަހުގެ ފަހު ކޮޅު މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައި އެވެ. އެގޮތުން ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑު ތަނުން ދަށްވެފައި އެވެ. އެހެން ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާއި، ސަރުކާރު ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު ފަތުރުވެރިކަން އަންނަނީ ރަނގަޅު ވަމުންނެވެ.

ދުވާލެއްގެ ނިސްބަތުން ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވެސް ރަނގަޅު ވަމުން އަންނައިރު، މިއަހަރުގެ ފުރަތަމަ 10 މަ ދުވަހުގެ ތެރޭގައި ރާއްޖެ އަށް ވަނީ 1،797،060 ފަތުރުވެރިން ޒިޔާރަތްކޮށްފައި އެވެ. ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ޤައުމު ތަކުގެ ތެރޭގައި ޗައިނާ، ރަޝިޔާ، އިނގިރޭސިވިލާތް، ޖަރުމަނު އަދި އިޓަލީ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް