ރަސްމާލެ މަޝްރޫއާ ދެކޮޅު ހަދާ އެމްޑީޕީގެ މެމްބަރުންނަށް ރައީސް ނަޝީދު: "ބިޗޫ ކަށި ޖަހައިފާނެ!"
ލިޔުންތެރިޔާ
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް ނަޝީދު.
ރަސްމާލެ މަޝްރޫއާމެދު އެމްޑީޕީގެ ތެރޭގައި ދެބަަސްވުންތަކެއް އުފެދިފައި ވަނިކޮށް، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް މެސެޖެއް ފޮނުއްވައިފި އެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އާދީއްތަ ދުވަހުގެ ރޭ އޮންނައިރު، މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި، އީގަލް ހިލްސްއާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ދިވެހިންނަށް ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައި އެވެ. އަދި ރަސްމާލޭގައި އީގަލް ހިލްސް އިން ހިންގާ މަޝްރޫއަށް ތާއީދު ކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ހާމަ ކުރައްވައިފަ އެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހަށް ހުށަހަޅަން އުޅޭ ޤަރާރަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އެ ޤަރާރަށް ވޯޓު ދެއްވުމަކީ އެއްވެސް ގޮތަކަށް ބުއްދިވެރި ކަމެއް ނޫން ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެއާ އެކު ރައީސް ނަޝީދު ވިދާޅުވީ، "ނަމަ ނަމަ ކުޑަ ކޮއިފުޅާ އަތް ނުލާށޭ ފާރުގައި، ހަމަނިކަން ތަދުވާ ގޮތެއްގައި ކަށި ޖަހާފާނޭ ބިޗޫ" މިހެންނެވެ.
މިއީ އެނގި ހުރެ ނުރައްކަލެއްގެ ތެރެއަށް ނުދިޔުމަށް، ދިވެހި ބަހުގައި ބޭނުންކޮށް އުޅޭ ހަރު ބަހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް