ފިންގާ ޖެޓީގެ ކޮންކްރީޓު މަސައްކަތް ނިންމާލައިފި
ލިޔުންތެރިޔާ
މާލޭގެ އުތުރު ބަނދަރުގައި އެމްޓީސީސީ އިން ޤާއިމު ކުރަމުން އަންނަ ފިންގާ ޖެޓީ.
މާލޭގައި އެންމެ ގިނައިން ލޯންޗު ފަހަރުތައް ކައިރި ކުރާ އުތުރު ބަނދަރުގައި ތަރައްޤީ ކުރަމުން އަންނަ ފިންގާ ޖެޓީގެ ކޮންކްރީޓް މަސައްކަތް ނިންމާލައިފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ) އިން އަންނަނީ މާލޭގެ އިތުރު ބަނދަރުގައި ތިން ފިންގާ ޖެޓީ ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެމްޓީސީސީ އިން ބުނެފައި ވަނީ، އެ ޖެޓީ ތަކުގެ ކޮންކްރީޓް މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި ކުރިއަށް ދެން އޮތީ ޖެޓީތަކުގެ ޑެކުގައި ލަކުޑި ފިލާ ޖެހުން އަދި އުޅަނދު ފަހަރު އައްސާނެ ތަންތަން ބެހެއްޓުމުގެ މަސައްކަތް ކަމަށް އެމްޓީސީސީ އިން ބުނެފައިވެ އެވެ.
މިއީ 15 މީޓަރުގެ ތިން ޖެޓީ އެވެ. ނިމުނު އޮކްޓޫބަރު މަހުގެ ތެރޭގައި އެމްޓީސީސީއާ ފިންގާ ޖެޓީގެ މަސައްކަތް އެމްޓީސީސީ އިން ފަށާފައިވާއިރު، އެ ކުންފުނިން އަމާޒު ހިފާފައި ވަނީ ވީ އެންމެ އަވަހަކަށް މި ޖެޓީ ތަކުގެ މަސައްކަތް ނިންމާލުމަށެވެ. މިއީ 18.98 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެކެވެ.
މިމަޝްރޫއުގެ ދަށުން 25 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ 3 ޖެޓީ އާއި، 15 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ނިންމައިފަ އެވެ. މިއާއެކު، އެ ސަރަހައްދުގެ ބަނދަރު ބޭނުން ކުރާ އުޅަނދު ފަހަރުތަކާއި، އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް