މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދަވައި، ޓާޝަރީ ހޮސްޕިޓަލުތައް އެއް ގަވާނިން ބޮޑީއެއްގެ ދަށަށް
ލިޔުންތެރިޔާ
ރައީސް މުޢިއްޒު ހުޅުމާލޭ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން.
ސަރުކާރުގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލުތަކާއި ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ގަވާނިން ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގަމުންދާނެ އިންތިޒާމު ހަމަޖެއްސެވުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)އާއި އިތުރު 5 ހޮސްޕިޓަލެއްގެ ގަވާނިން ބޯޑުތައް އުވާލައި، މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗ.ޖީ) އުފައްދަވައިފި އެވެ.
މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ)ގެ ގަވާނިން ބޯޑަކީ ރައީސްގެ އިރުޝާދުގެ ދަށުން ރައީސް އަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެކެވެ.
މި ބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑުތައް ވަނީ އުވާލާފައި އެވެ.
ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުން، މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް (އެމްޓީއެޗްޖީ)ގެ ގަވާނިން ބޯޑާއި، އެ ބޯޑުން ބަލަހައްޓަމުން ގެންދާ ތަންތަނުގެ ކަންކަން ވިލަރެސް ކުރާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސް އެވެ.
މި ބޯޑު އެކުލެވިގެންވާ ގޮތަކީ:
ޑޮކްޓަރު ޢަބްދުލްޢަޒީޒު ޔޫސުފް (ޗެއާޕާސަން)
އަލްފާޟިލް ޙުސައިން ޙަލީމް (ވައިސް ޗެއާޕާސަން)
އަލްފާޟިލް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް
ޑޮކްޓަރު އިބްރާހީމް ޔާސިރު އަޙްމަދު
އަލްފާޟިލް ނަޔާޒު އަޙްމަދު
ޑޮކްޓަރު މަރްޔަމް ޖެނިފާ
އަލްފާޟިލާ ފާޠިމަތު ޢާފިޔާ ވަޙީދު
އަލްފާޟިލް މޫސާ ކަލީމް ޤާސިމް
އަލްފާޟިލް މުޙައްމަދު މަބްރޫކް
އަލްފާޟިލް ޢާލިމް ޝަކީލް
އަލްއުސްތާޛާ ތަސްލީމާ
އަލްފާޟިލް އާދަމް ބަދުރުﷲ
އަލްފާޟިލާ ނާޡިމާ ޢަލީ
ޑޮކްޓަރު އަޙްމަދު ޢަދީލް ނަޞީރު
އަލްފާޟިލް ޙުސައިން ޢާޞިފް
އަލްފާޟިލް އަޙްމަދު އަޝްރަފް
އަލްފާޟިލް ޢަބްދުލްޙަންނާން ޢަބްދުއްރަޙީމް
އަލްފާޟިލް ފަތުޙުﷲ ނަސީމް
މީގެ އިތުރުން މި ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަން:
1. ދަރުމަވަންތަ ހޮސްޕިޓަލް
2. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
3. ހުޅުމާލެ ހޮސްޕިޓަލް
4. ވިލިމާލެ ހޮސްޕިޓަލް
5. މޯލްޑިވިއަން ބްލަޑް ސަރވިސަސް
6. މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ދަށުން ހިނގަމުންދާ ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު
7. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
8. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
9. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
10. ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
11. ގަން ރީޖަނަލް ހޮސްޕިޓަލް
12. ފުވައްމުލަކު ހޮސްޕިޓަލު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް