ކަޅުތުއްކަލާ ކޮށީގެ 15 ބުރީގެ އުމްރާނީ ބިނާ އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ލިޔުންތެރިޔާ
ކަޅުތުއްކަލާ ކޮށީގެ 15 ބުރީގެ އުމްރާނީ ބިނާ އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ކަޅުތުއްކަލާ ކޮށީގެ 15 ބުރީގެ އުމްރާނީ ބިނާ އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
ސިފައިންގެ ޤާބިލުކަން އިތުރުކޮށް ވަސީލަތްތައް ޤާއިމު ކުރުމަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު، މިއަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައި އެވެ. އެމްއެންޑީއެފް އިން ބުނެފައި ވަނީ ކަޅުތުއްކަލާ ކޮށީގެ 15 ބުރީގެ އުމްރާނީ ބިނާގެ މަޝްރޫއުގެ އެއްބަސްވުމުގެ ސޮއި ކޮށްފައިވާ ކަަމަށެވެ.
ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑާ އެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އެވެ. އަދި ޗައިނާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މރ ޖޯ ވޭދޯން އެވެ.
ޑިފެންސް މިނިސްޓްރީ އިން ބުނެފައި ވަނީ ކަޅުތުއްކަލާ ކޮށި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް