Article Top
ކުޅިވަރު •

ހުރިހާ މެޗަކުން މޮޅުވެގެން ސަލްޓަންސް ބީސީ ޗެމްޕިއަންކަން ހޯދައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ހުރިހާ މެޗަކުން މޮޅުވެގެން ސަލްޓަންސް ބީސީ ޗެމްޕިއަންކަން ހޯދައިފި

ސަލްޓަންސް ބީސީ ޗެމްޕިއަން ޝީލްޑާ އެކު، ކިންގްސް ބީސީ ފްރެންޗައިޒްގެ ބައެއް މެމްބަރުންނާ އެކު -- ފޮޓޯ/މުންދުމޯލްޑިވްސް

ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރިއަށް ގެންދާ 18 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގު (އެންބީއެލް) ފިރިހެން ދެވަނަ ޑިވިޝަނުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން ސަލްޓަންސް ބީސީ ޗެމްޕިއަންކަން ހޯދައިފި އެވެ.

ސަލްޓަންސް ވަނީ އިއްޔެ ކުޅުނު ފަހު މެޗުގައި 85-63 އިން ނެޓްސް ބީސީ ބަލިކޮށްފަ އެވެ.

ޖުމްލަ 12 ޓީމާ އެކު މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންދިޔައީ ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ގަދަ ދެ ޓީމު ދެވަނަ ބުރަށް ދާގޮތަށެވެ.

އެގޮތުން ގުރޫޕް އޭ އިން ދިޔައީ ނެޓްސް އާއި ސްޕާޓަންސް އެވެ. އަދި ސަލްޓަންސް އާއި ފީނިކްސް ވަނީ ގުރޫޕް ބީގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިފަ އެވެ. ނެޓްސް އާއި ސަލްޓަންސް ވެސް މި ބުރުގައި ކުޅުނު ފަސް މެޗު ވަނީ ކާމިޔާބު ކޮށްފަ އެވެ.

ދެވަނަ ބުރުގައި ހަތަރު ޓީމު ވާދަ ކުރި އިރު ސަލްޓަންސް ވަނީ ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފަހު މެޗަކީ ލީގުގައި ނެޓްސް ބަލިވި ހަމައެކަނި މެޗެވެ. ތިންވަނައިގައި ނިންމި ސްޕާޓަންސް ވަނީ ފަހު ބުރުގައި އެއް މެޗު ކާމިޔާބު ކޮށްފަ އެވެ.

ސަލްޓަންސް އަކީ ކިންގްސް ބާސްކެޓްބޯލް ފްރެންޗައިޒްގެ ޓީމެކެވެ. މި ފްރެންޗައިޒްގައި ކިންގްސް އާއި ސަލްޓަންސްގެ އިތުރުން ދެން ހިމެނެނީ ރޯޔަލްސް ބީސީ އާއި އަންހެން ޑިވިޝަންގައި ވާދަކުރާ ކުއީންސް ބީސީގެ އިތުރުން ޔޫތު ޓީމެއް ގޮތަށް ހިންގާ އާޗާސް ބީސީ އެވެ.

މިއީ، 10 ފަހަރު އެއްވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދުމަށް ފަހު މި ފްޗްރެންޗައިޒް ޓީމަކުން ދެވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް