Article Top
ކުޅިވަރު •

ސާފް ލީގުގެ ފަހު އިވެންޓް، ރަންނަމާރި ޗެލެންޖް ފަށައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ސާފް ލީގުގެ ފަހު އިވެންޓް، ރަންނަމާރި ޗެލެންޖް ފަށައިފި

އިއްޔެ ކުރިއަށް ދިޔަ ހީޓެއްގެ ތެރެއިން --- ފޮޓޯ/އެމްއެސްއޭ

ސީސްޕޯޓްސް ދިވެހި ސާފް ލީގުގެ އެންމެ ފަހު އަދި އެންމެ ފޯރިގަދަ މުބާރާތް ކަމަށްވާ، ރަންނަމާރި ޗެލެންޖް 1448 އިއްޔެ ފަށައިފި އެވެ.

ލީގުގައި މިހާތަނަށް ތިން މުބާރާތެއް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން 2026 ވަނަ އަހަރުގެ ސީޒަން ފެށުނީ ފުވައްމުހައްލު ސިޓީގައި ބޭއްވުނު މުބާރާތުންނެވެ. އޭގެ ފަހުން ދެވަނަ މުބާރާތް ބޭއްވުނީ މ. މުލީގަ އެވެ. އަދި އެންމެ ފަހުން ބޭއްވީ ލ. މާބައިދޫގަ އެވެ.

ރަންނަމާރި ޗެލެންޖްގައި ފަސް ޑިވިޝަނެއް ކުރިއަށް ދާނެ އެވެ. އެގޮތުން މެންސް އޯޕަން ޝޯޓްބޯޑް ކެޓެގަރީގައި 20 އެތުލީޓުން، ޖޫނިއާ ބޯއީޒް ކެޓެގަރީގެ 12 އެތުލީޓުން، އަންހެން އޯޕަން ޑިވިޝަންގެ ހަ އެތުލީޓުން އަދި 35 އަހަރުން މަތީގެ އެތުލީޓުންނަށް އޮންނަ މާސްޓާސް ކެޓެގަރީ ހިމެނެ އެވެ.

އެއަށް ފަހު ޓީމް އިވެންޓް ކަމަށްވާ މަރުހަބާ ކަޕް ވެސް ކުރިއަށް ދާނެ އެވެ.

މާޅޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި އިއްޔެ މުބާރާތް ފެށިގެން ކުރިއަށް ދާއިރު، ފުރަތަމަ ދުވަހު ވަނީ ފިރިހެން އޯޕަން އަދި ޖޫނިއާގެ އިތުރުން މާސްޓާސް ކެޓެގަރީގެ ހީޓްތައް ފަށައިފަ އެވެ،

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް